Advertisement

އަމިއްލަ ޑިޒައިނަށް ތައްޔާރުކުރި ސައިކަލެއް ފުވައްމުލައް ސިޓީގައި ދައްކާލައިފި

ޖޯ ފޮޓޯއަކަށް ހުއްޓިލައިގެން ޖޯ ފޮޓޯއަކަށް ހުއްޓިލައިގެން

އާ އަހަރުގެ އުފާ އެކި މީހުން ލިބިގަންނަނީ އެކި ގޮތަށެވެ. އެއްބަޔަކު އާއިލާއާއެކު ވަގުތު ހޭދަކުރުމުގައެވެ. އަނެއްބަޔަކު ރައްޓެހިންނާއެކު ކޮންމެވެސް ތަނަކަށް ދަތުރު ދިޔުމުގައެވެ.



ފުވައްމަކު ސިޓީއަށް އުފަން އިބްރާހިމް މުސްތަފާ، އެންމެން ދަންނަ މަޝްހޫރު ނަމުންނަމަ 'ޖޯ'، އާ އަހަރުގެ އުފާ ލިބިގަތީ އޭނަގެ އަމިއްލަ އުފެއްދުން ރަށުގެ ރައްޔިތުންނަށް ދައްކާލަމުންނެވެ. އަބަދުވެސް ތަފާތު ކަންކަން ތަޖުރިބާ ކުރުމަށް ޝައުގުވެރިކަން ހުންނަ ޖޯ މިފަހަރު އާންމުންނަށް ދައްކާލީ އޭނެ އަމިއްލަ ޑިޒައިނަށް އަމިއްލަ މަސައްކަތުން ތައްޔާރުކުރި ސައިކަލެކެވެ.



ރައްޓެއްސސަކު ބޭނުން ނެތިގެން ދޫކޮށްލި ސައިކަލު އިންޖީނެއް ބޭނުން ކޮށްގެން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ޖޯ ފެށި މަސައްކަތް ވަރަށްވެސް ކާމިޔާބެވެ. މިއީ އަމިއްލަ ޑިޒައިނަށް ސައިކަލެއް ހަދަން ޚިޔާލު އުފެދުނު ހިސާބެވެ. އެހާހިސާބުން ސައިކަލަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްފެށިއެވެ. ސައިކަލުގައި ގިނައިން ބޭނުން ކޮށްފައިހުރީ ބޭނުންނެތިގެން މީހުން އުކާލާ ސައިކަލްތަކުގައި ހުންނަ ސާމާނު މަރާމާތު ކޮށްގެންކަން ޖޯ ފާހަގަކުރިއެވެ. ޖޯ ބުނީ ސައިކަލުގެ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އެ ސައިކަލް އެއްލާލާފައި އާ އެއްޗެއް ހޯދުމުގެ ބަދަލުގައި ކޮންމެވެސް ގޮތަކަށް އެ މަރާމަތުކޮށްގެން ބޭނުން ކުރެވިދާނެކަން އެއީ މި މަސައްކަތުން ޒުވާނުންނަށް ދޭން ބޭނުންވި އެންމެ މުހިއްމު އެއް މެސެޖެވެ.

ސައިކަލުގެ މައިގަނޑުގައިވާ މިޔަރުގެ ކުރެހުމުން ރަމްޒުކޮށްދެނީ ފުވައްމުލައް ސިޓީގެ މަޝްހޫރު ޑަައިވިންގ ސްޕޮޓެެވެ. ސައިކަލުގެ މަސައްކަތުގެ އެހީތެރިވެދިން ރައްޓެހިންނާ އާއިލާ މީހުންގެ ނަންތައް ޖޯ ޝުކުރުވެރިކަމާއެކުގައި ފާހަގަކުރިއެވެ. އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާ ކުރުމަށް ޖޯ އިޚްތިޔާރުކުރި ގޮތްވެސް ތަފާތެވެ. މިއަދު ސައިކަލު ދައްކާލުމަށް ޖޯ ދިޔައީ އެހީތެރިވި ހުރިހާ ފަރާތްތަކުގެ ނަންތައް ޕްރިޓް ކޮށްފައިވާ ސޫޓެއް ލައިގެންނެވެ.



ޖޯގެ އުންމީދަކީ މިކަހަލަ ދެވަނަ ސައިކަލެއް ތައްޔާރުކުރުމެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ޖޯ ފާހަގަ ކުރިއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު