Advertisement
Advertisement

ޒުވާން އަންހެން ކުއްޖަކަށް ހެދިގެން އުޅުނީ 50 އަހަރުގެ ފިރިހެނެއް

އައިޝަތު ރިޒުވާނާ

  ޖަޕާނުގައި ޒުވާން އަންހެން ކުއްޖަކަށް ހެދިގެން އުޅުނީ 50 އަހަރުގެ ފިރިހެނެއްކަން ފަޅާއަރައިފި އެވެ. 18000 ފޮލޯވާރސް ޓުވިޓަރ ގައި ހުންނަ  މިމީހާ މަޝްހޫރު ވެފައިވަނީ ސައިކަލުގައި އެކިތަންތަނަށް ދަތުރުކޮށް ތަފާތު ރީތި ތަންތަން އޭނާގެ ފޮލޯވާރސް އަށް ދައްކާ މީހެއްގެ ގޮތުގައެވެ.

Advertisement


ސޮއުޔާނޮސޯޝީ އަކީ ފިރިހެނެއްކަން އޭނާގެ ބައެއް ފޮލޯވާރސް އަށް ޝައްކު ކުރެވުނީ އޭނާ އަޕްލޯޑް ކުރި ވީޑިއޯ އެއްގައި އޭނާގެ ސައިކަލުގެ ލޯގަނޑުން ފިރިހެނެއްގެ މޫނުފެނިގެންނެވެ. މިކަން ފަޅާ އަރުވާލީ ޖަޕާން ގެ ޓީވީޝޯ އެއް ކަމަށްވާ "މަންޑޭ ލޭޓް ޝޯ" ގައި ގެނެސްދިން ޙާއްސަ ސެގްމެންޓެއްގައެވެ. މިކަމާ އޭނާގެ ފޭނުން އަންނަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރަމުންނެވެ.

ސޮއުޔާނޮސޯޝީ އެ ޝޯ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުން އޭނާ އަންހެނަކަށް ވުމަށްޓަކައި ތަފާތު އެކި ފިލްޓާރ ތަކާ 'ފޭސް އެޕް' ބޭނުން ކުރެއެވެ. ޝޯގައި އޭނާ އަންހެނަކަށް ވާން ބޭނުންވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާ އުޅެ ބޮޑުވީ ވަރަށް ފަގީރު ކަމުގައި ކަމަށާއި އަބަދުވެސް 'އިންފްލުއެންސާ' އަކަށް ވާން ބޭނުންވާ ކަމަށެވެ. އެހެންކަމުން އޭނާގެ ފޮޓޯތައް އެކި އެޕް ބޭނުން ކޮށްގެން އަންހެނަކަށް ބަދަލުކޮށްލީ މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. " އެއްވެސް މީހަކު ބޭނުމެއް ނުވޭ  ފިރިހެނަކަށް ބަލާކަށް..؟ އެއީ ހެއްވާ ކަމެއް..!! އޭނާ ބުންޏެވެ. 

    މި ހާދިސާ އަށްފަހު މީހުން ބުނަމުން ދަނީ މިއީ ސޯޝަލް މީޑިއާގައި މިހާރު ފެންނަ ކޮންމެ އެއްޗަކީ ތެދެއް ނޫން ކަން ދައްކުވައިދޭ ވަރަށް ފުރިހަމަ މިސާލެއް ކަމަށެވެ.     

ކިޔުންތެރިންގެ ހިޔާލު