Advertisement

ފުވައްމުލަކު ސިޓީ ކައުންސިލަށް އާ ވެބްސައިޓެއް ހަދަނީ!

މުހައްމަދު ޝަހީދު
ފުވައްމުލައް ސިޓީގެ ވެބްސައިޓް ސްކްރީން ޝޮޓެއް ފުވައްމުލައް ސިޓީގެ ވެބްސައިޓް ސްކްރީން ޝޮޓެއް

ފުވައްމުލަކު ސިޓީ ކައުންސިލްގެ އާ ވެބްސައިޓްގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Advertisement

ސިޓީ ކައުންސިލުން މިކަން ހާމަ ކުރެއްވީ ރަށިކަބަރޮ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހު އެވެ. ނިޖާހު އިތުރަށް ވިދާޅުވީ ވެބްސައިޓް އަޕްޑޭޓް ނުވެ ހުންނަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި ވަރަށް އަވަހަށް އާ ވެބްސައިޓް ނިމިގެންދާނެ ކަމަށެވެ.

 މިކަމަށް ކައުންސިލްގެ އައިޓީ ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަލަށް މިހެދޭ ވެބްސައިޓްގެ ސަބަބުން ދުވަހުން ދުވަހަށް ކައުންސިލުން ދޭން ބޭނުންވާ މެސެޖްވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ނިޖާހު ވިދާޅުވިއެވެ. މި ވެބްސައިޓަކީ ޔޫޒާ ފްރެންޑްލީ ވެބްސައިޓަކަށް ހެދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށްވެސް ފާހަނގަ ކުރެއްވިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓް އެޑްރެސް އަކީ https://fuvahmulah.gov.mv އެވެ. އެންމެ ފަހުން މި ވެބްސައިޓް އަޕްޑޭޓް ވެފައިވަނީ 24 ނޮވެމްބަރ 2020 ގައި ކަން ފާހަނގަކޮށްލަން ޖެހެއެވެ.

މީގެ އިތުރަށްވެސް ނިޖާހު ވިދާޅުވީ އެޗްޑީސީއާއި ސިޓީ ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ސިޓީ ކައުންސިލްގެ ޚިދުމަތްތަށް އޮންލައިން ކުރުމުގެ މަސައްކަތް ކުރިއަށްގޮސް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ދަނީ ޓެސްޓިން މަސައްކަތްތައް ކަން ފާހަނގަ ކުރައްވަމުން ވިދާޅުވީ ބެލެވޭގޮތުގައި ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އާންމުންނަ ބޭނުންކުރެވޭވަރު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު އަދިވެސް ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ މަޢުލޫމާތުވެސް ވެބްސައިޓުން ފެންނަން ނެތެވެ. މިކަމަކީ އެއްގޮތަކަށްވެސް ބަލައިނުގަނެވޭނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކިލައްވައެވެ. ސަބަބަކީ މީގެ ކުރިންވެސް ސިޓީ ކައުންސިލެއް އޮވެ ކައުންސިލް ނިމިގެންދިޔައިރު މި ވެބްސައިޓް ވަނީ ޒަމާނީ ފެންވަރަށް ފަރުމާ ވެފައި ނުވުމެވެ. އެގޮތުން ބަލާއިރު ކައުންސިލުގެ ރަސްމީ ޢިއުލާންތަކާއި އެހެނިހެން ހުރިހާ އެންގުންތަށް މިހާތަނަށްވެސް ފޮނުވަމުން ގެންގޮސްފައިވަނީ ފޭސްބުކް މެދުވެރިކޮށް ކަމުގައި ވުންވެސް ހިމެނެއެވެ. ނަމަވެސް ރާއްޖޭގެ އެހެނިހެން ގިނަ ކައުންސިލްގެ ހުރިހާ މަޢުލޫމާތު އެ ކައުންސިލެއްގެ ވެބްސައިޓުން ލިބެން ހުރެއެވެ. ގިނަ ބޭފުޅުން ދެކިލައްވާގޮތުގައި މިއީ މިކަން ހުންނަންޖެހޭ ގޮތްވެސް މެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު