Advertisement
Advertisement

"މަސްޖިދުލް ހުދާ" ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން "އަމޭން މޯލްޑިވްސް ޕވޓ ލޓޑ" އާއި މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކުގެ މިސްކިތެއް ކަމަށްވާ "މަސްޖިދުލް ހުދާ" ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން "އަމޭން މޯލްޑިވްސް ޕވޓ ލޓޑ" އާއި މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Advertisement

މި ބައްދަލްވުން އޮތީ މިއަދު ހަވީރު އިސްލާމިކް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އެވެ. އަމޭން މޯލްޑިވްސް ޕވޓ ލޓޑ ގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ އެމްޑީއެވެ.

މިއެއްބަސްވުމުގައިވާގޮތުން މަސައްކަތް ހަވާލުކުރެވޭތާ 333 ދުވަސްތެރޭ މަސައްކަތް ނިންމާ ހަވާލުކުރަން ޖެހެއެވެ. މި މަސައްކަތަކީ ސަރުކާރުގެ ޚަރަދުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ. މި މިސްކިތް ބިނާކުރުމަށް ސަރުކާރުގެ ބަޖެޓުން 8.6 މިލިޔަން ޚަރަދު ކުރުމަށް ވަނީ ބަޖެޓް ކޮށްފައެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތަށް ނަމާދަށްދާ މީހުން ވެހިކަލް ޕާކް ކުރާނެ ޕާކިން ޒޯނެއްވެސް ހުންނާނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. މިކަމަށްޓަކައި ކާރި ހިސާބަކުން ބިމެއްވެސް މިހާރު ވަނީ ހަމަޖައްސާފައި ކަމަށް މިނޫހާއި ވާހަކަދައްކަވަމުން ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް ނިޖާހް ވިދާޅުވިއެވެ. މި މިސްކިތުުގައި އަންހެނުންނަށް ޚާއްސަ އޭރިއާއެއްވެސް އެކުލެވިގެންވުމުގެ އިތުރުން އެހެން މިސްކިތްތަކެކޭވެސް އެއްފަދައިން މި މިސްކިތުގައިވެސް ވުޟޫ ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެހެންނެވެ. މި މިސްކިތުގައި އެއްފަހަރާ 500-800 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

އަމޭން މޯލްޑިވްސް ޕވޓ ލޓޑ ގެ ފަރާތުން "ރަށި ކަބަރޮ" އަށް މަޢުލުމާތު ދެއްވަމުން އިބްރާހިމް މުއްތަލިބް ވިދާޅުވީ އެކުންފުނިން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް މިސްކިތުގެ މަސައްކަތް ފެށުމަށެވެ. އެގޮތުން މާދަމާއަކީ ބަނދު ދުވަހަކަށްވީނަމަވެސް އުންމީދުކުރަނީ ކައުންސިލުން މިހާރުގެ މިސްކިތް ރޫޅާލުމުގެ މަސައްކަތް އެއްބަސްވެފައިވާގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެފަރާތުން މަސައްކަތް ކުރަން ހަމަޖެހިފައިވާގޮތުން މިސްކިތް ރޫޅާލައިގެން ނެގޭ ތަކެތި ހަދިޔާކުރަނީ ކައުންސިލަށެވެ. މިތަކެތި ނެގޭހާ އަވަހަކަށް މިސްކިތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އަދި މިމިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުން މީހުން ބޭނުންކޮށްގެންނެވެ. މިހާރު ވަނީ މަސައްކަތް ކުރާނެ ފަރާތްތަށް ވެސް ހަމަޖެހިފައި ކަން މުއްތަލިބް ފާހަނގަ ކުރެއްވިއެވެ. އިތުރަށް ވިދާޅުވީ ފުުވައްމުލަކަކީ މަސައްްކަތްތެރިން ގިނަ ރަށަކަށް ވުމުން ފުވައްމުލަކުގައި ހިންގާ ހުރިހާ ޕްރޮޖެއްގައިވެސް ބޭނުންކުރަނީ ފުވައްމުލަކު ރައްޔިތުންނެވެ. މިކަމުގެ ސަބަބުން ފުވައްމުލަކަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް އެފަރާތުން ދެކެއެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު