Advertisement
Advertisement

"ރަށިކަބަރޮ" ނޫހުގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި!

ރަށިކަބަރޮ ލޯގޯ ރަށިކަބަރޮ ލޯގޯ

ރަށިކަބަރޮ ނޫހުގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

Advertisement

ރަށި ކަބަރަކީ 2021 ވަނަ އަހަރު ހޯމް މިނިސްޓްރީގައި ރެޖިސްޓަރ ކުރެވިގެން އުފެދިފައިވާ ނޫހެކެވެ. މި ނޫހުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފުވައްމުލަކުގެ އާއްމު ހާލަތާއި، އެކި ދިމަދިމާލުން ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކާއި، އެކަމުގެ ސަބަބުން ދިމާވަމުން އަންނަ މައްސަލަތަކުގެ އަޑު ކަމާ ބެހޭ ފަރާތްތަކާއި ހަމަޔަށް ފޯރުވައިދިނުމާއި، ވަކިން ޚާއްސަކޮށް ދުވަހުން ދުވަހަށް ހިނގަމުން ދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ރައްޔިތުންނާއި ހަމަޔަށް ތާޒާކޮށް ގެނެސްދުނުމެވެ.

ނަމަވެސް އަދިވެސް ކޮވިޑްގެ ހާލަތުގައި ވުމުން މި ނޫހަށްވެސް ވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. ނަމަވެސް މި ނޫހުން މި ބަލަނީ ވީހާވެސް އަވަހަކަށް މި އަޑިގަނޑުން އަރައިގަނެވޭނެ ދުވަހަކަށެވެ. އަދި މިނޫހުގެ އަމާޒަކީ ފުވައްމުލަކުގެ އެންމެހާ ރައްޔިތުންގެ އިތުބާރު ލިބޭނެފަދަ ނޫހަކަށް ހެދުމެވެ. މިހާތަނަށް މިނޫހުގައި ޖަހާފައި ހުރި ހުރިހާ އިޝްތިހާރަކީ އެއްވެސް އަގެއް ނެގުމެއް ނެތި ޖަހާފައި ހުރި އިޝްތިހާރުތަކެއްކަން ފާހަނގަ ކޮށްލަން ޖެހެއެވެ.

ކޮންމެ ފަރާތަކަށްވެސް މި ނޫހުގައި އިޝްތިހާރު ޖެހުމުގެ ފުރުސަތު އޮތް މިންވަރަކުން ލިބޭނެ ވާހަކަ ދެންނެވީމެވެ. އެންމެ އާދައިގެ ކަންމަތީ ފިހާރައިން ފެށިގެން އަމިއްލަ ކުންފުނިތަކަށްވެސް އިޝްތިހާރު ކުރެވޭނެއެވެ. ވީމާ މިނޫހުގައި އިޝްތިހާރު ޖައްސަވަން ބޭނުންފުޅު ފަރާތްތަކުން 7772885 ނުވަތަ 7322244 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ނޫހުގެ މެނޭޖްމެންޓުން އެދިލައްވައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު