Advertisement
Advertisement

ރޭގެ ވަގުތެއްގައި ފުވައްމުލަކުން ކުއްލި ގޮތަކަށް މަރުވި ޒުވާނާ މަރުވީ އޯވަޑޯޒް ވެގެން ނޫން - ހޮސްޕިޓަލް

މިޤތ މިޤތ

ރޭގެ ވަގުތެއްގައި ފުވައްމުލަކުން ކުއްލި ގޮތަކަށް މަރުވި ޒުވާނާ މަރުވީ އޯވަޑޯޒް ވެގެން ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.

Advertisement

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ ލިރާރް ވިދާޅުވީ އެ ޒުވާނާ މަރުވެފައިވަނީ ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި ކަމަށެވެ. އިތުރަށް މެނޭޖަރ ވިދާޅުވީ މިގްދާދު އަކީ ދޭތެރެ ދޭތެރެއިން ހޮސްޕިޓަލުން ފަރުވާ ލިބިގަންނަ ކުއްޖެއް ކަމަށެވެ. އެގޮތުން ބައެއް ފަހަރު އަމިއްލައަށް ވެސް ފަރުވާ ލިބިގަންނަން އަންނަ ކަމަށެވެ.

މިފުރުސަތުގައި ރޭގެ ވަގުތެއްގައި ޝާއިއުކޮށްފައިވާ ޚަބަރުގައި މިޤްދާދު މަރުވެފައިވަނީ އޯވަޑޯޒް ވެގެން ކަމަށް ލިޔެވިފައިވަނީ ކުށަކުން ނެވެ. ވީމާ މިކުށަށް އާއިލާ، އަދި ހެޔޮއެދޭ ހުރިހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ދުޢާއަކީ މާތްﷲ މިޤްދާދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު