Advertisement
Advertisement

ފޭޭސްބުކް ވެރިފައި ކުރި ފުރަތަމަ ކައުންސިލަކަށް ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލް ޕޭޖް ފުވައްމުލައް ސިޓީ ކައުންސިލް ޕޭޖް

މަގްބޫލް ސޯޝަލްމީޑިއާ އެޕްލިކޭޝަން ފޭސްބުކްގެ ފަރާތުން ރަސްމީކޮށް ވެރިފައި ކުރި ދިވެހިރާއްޖޭގެ ފުރަތަމަ ކައުންސިލަކަށް ފުވައްމުލައް ސިޓީ ކައުންސިލްވެއްޖެ އެވެ. 

ފޭސްބުކް އިން ފުވައްމުލައް ސިޓީ ކައުންސިލްގެ ޕޭޖަށް ވެރިފައިކޮށް ރަސްމީ ގޮތުން ދޭ ނޫ ކުލައިގެ ބެޖު ޕޭޖަށް ދިނީ މިއަދުގެ ވަގުތެއްގައެވެ. ފޭސްބުކް ޕޭޖް ވެރިފައި ވުމުން ލިބޭ ނޫކުލައިގެ ބެޖުން އެ ޕޭޖް ފާހަގަ ކުރަން ފަސޭހަވެގެންދާނެއެވެ. މީގެ ސަބަބުން ދެން ފުވައްމުލައް ސިޓީ ކައުންސިލްގެ ނަމުގައި ފޭކް ޕޭޖު ހަދައި ނުބައި މައުލޫމާތު ފެތުރުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ 

ފުވައްމުލައް ސިޓީ ކައުންސިލް މިހާރު ފާހަގަކުރެވިފައި ވަނީ މީޑިއާ އާއި ރައްޓެހި ކައުންސިލެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމާއި، ދުވަހުން ދުވަހަށް ކައުންސިލްގެ ހަބަރުތަކާއި ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގެ މައުލޫމާތު މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާ ކަން ފާހަގަކުރެވެ އެވެ. 

ފޭސްބުކް ޕޭޖުގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ހިންގާ ވައިބާރ ކޮމިއުނިޓީ ވެސް ވަނީ ރަސްމީކޮށް ވެރިފައި ކުރެވިފަ އެވެ. ފުވައްމުލައް ސިޓި ކައުްނސިލް އިން ދަނީ ޓްވިޓަރ އާއި އެހެނިހެން މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ވެސް އެކްޓިވްކޮށް ހަރަކާތްތެރި ވަމުންނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
ދިވެހިމީހާ
ރައްޔިތުންނަށް ކޮންކަމެއްކޮށްދިނުމަށްފަހުގައިތަ ތިފަދަ ޚަރަދެއްކުރީ.