Advertisement

އެންމެ ބުއްދިވެރި މީހާ

އަހުމަދު މިސްބާހް މުނީރު

އެއް ދުވަހަކު ޑޮކްޓަރަކާއި، ވަކީލަކާއި،
ކުޑަކުއްޖަކާއި އަދި ޝައިޚެއް ދުނިޔެ ބަލާ ލައި އުފާކޮށް ހިތްހަމަޖެހުން
ހޯދާލުމަށް ޓަކައި ކުޑަ މަތިންދާ ބޯޓެއްގައި ނިކުމެއްޖެއެވެ. ތަންކޮޅަކަށް ދެވުނު ތަނާ
މަތިންދާ ބޯޓްގެ އިންޖީނަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއެވެ. އިންޖީނަށް
ދިމާވި މައްސަލަ ހައްލު ކުރެވޭތޯ ބޯޓުގެ ކެޕްޓަން ކުރި ހުރިހާ މަސައްކަތެއް
ބޭކާރުވެ ބޯޓު ވެއްޓެން ދާން ފަށައިފިއެވެ.

އެވަގުތު ބޯޓުގެ ކެޕްޓަން ދަތުރުވެރިންނަށް
ގޮވާލާފައި ބޯޓުގެ އިންޖީނަށް މައްސަލަ ދިމާވި ވާހަކަޔާ، އެކަން ހައްލުނުވެ ބޯޓު
ވެއްޓެންދާ ވާހަކަ ދަތުރުވެރިންނާ ހިއްސާކޮށްފިއެވެ. އަދި ވައިކުޑަ އަޅައިގެން
އެންމެން އަވަހަށް ބޯޓުން ފުންމާލުމަށް އިރުޝާދު ދިނުމަށްފަހު ކެޕްޓަން
ވައިކުޑައިގައި ބޯޓް ދޫކޮށްލައިފިއެވެ

ނަސީބު ކަންދިމާކުރި ގޮތުން ބޯޓުގައި އޮތީ އެންމެ ތިން ވައިކުޑައެވެ. އެހެންނަމަވެސް ބޯޓުގައި ހަތަރު މީހުން ތިއްބެވެ.

ބަލާކަށް ނުހުރެ ޑަކްޓަރު ފުރަތަމަ ވައިކުޑަ
ނަގައިފައި އަހަރެންނަކީ ޑަކްޓަރެކޭ، އަހަރެން މީސްތަކުންގެ ފުރާނަ ސަލާމަތްކުރަން
ޖެހެޔޭ ބުނެ ބޯޓުން ފުންމާލައިފިއެވެ. ވަކީލު ދެވަނަ ވައިކުޑަ ނަގައިފައި އަހަރެންނަކީ
ވަކީލަކީމޭ، ވަކީލުންނަކީ ދުނިޔޭގައި ތިބި އެންމެ ބުއްދިވެރި މީހުންނޭ ބުނެ ބޯޓުން
ފުންމާލައިފިއެވެ. ޝައިޚް ތިންވަނަ ވައިކުޑަ ނަގައި ކުޑަ ކުއްޖާއަށް
ދިއްކޮށްލުމަށްފަހު ބުންޏެވެ. ކޮއްކޯއެވެ، ބޭބެއަށް ލައްކަ ދުވަހު ދުނިޔޭގައި
އުޅެވިއްޖެއެވެ. ނަމަވެސް ކޮއްކޮގެ އުމުރުގެ ބޮޑުބައި އަދި ބާކީ އޮތީއެވެ. ވީމާ
އަވަހަށް މިވައިކުޑަ އަޅައިގެން ފުންމާލާށެވެ. އަދި ހިތްހެޔޮކަމާއި،
އަމާންކަމާއިއެކު ދުނިޔޭގައި އުޅޭށެވެ.

އެވަގުތު ކުޑަކުއްޖާ ބުންޏެވެ. ބޭބެއެވެ.
ދެރަނުވާށެވެ. ދުނިޔޭގައި ހުރި އެންމެ ބުއްދިވެރިމީހާ އެ ފުންމާއިލީ
ވައިކުޑަކަމަށް ހީކޮށް އަހަރެންގެ ދަބަސް އަޅައިގެންނެވެ.

ޢިބްރަތް؛ އަދާކުރާ ވަޒީފާޔަށްވުރެ ތިމާގެ
ކިބައިގައި ހުންނަ އިންސާނިއްޔަތުކަމާއި އެހެންމީހުންނަށް ހެޔޮކޮށް ހިތުމުގެ
މުހިއްމުކަންބޮޑެވެ

ތަރުޖަމާ: އަޙްމަދު މިސްބާހް މުނީރު

ކިޔުންތެރިންގެ ހިޔާލު
ޅަކުއްޖަ
ޢިބްރަތްތެރި ފިލާވަޅެއް.. ވަރަށް ފުރުހަމަ ލިއުމެއް....