Advertisement

ފުވައްމުލަކުގައި ވެސް ބަހުގެ ހިދުމަތް ހިލޭ

ބަޔަކު އެމްޓީސީސީ ބަހުގެ ހިދުމަތް ހޯދަނީ ބަޔަކު އެމްޓީސީސީ ބަހުގެ ހިދުމަތް ހޯދަނީ

ފުވައްމުލަކުގައި ވެސް ބަހުގެ ހިދުމަތ ދޭން ފެށުމުން 65 އަހަރުން މަތީގެ މީހުންނަށާއި ސްކޫލް ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.

Advertisement

މިކަމަށްޓަކައި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފަށަން އެ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މި ހިދުމަތް ފެށުމަށް ބޭނުންވާ ބަސް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ފެރީގެ ހިދުމަތް ވެސް އުމުރުން ދުވަސްވީ މީހުންނަށާއި ދަރިވަރުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ހިދުމަތް ދެމުންނެވެ. 

ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު