Advertisement
Advertisement

ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓަށް 113 މިލިއަން ރުފިޔާ

ބަޖެޓު ފާސްކުރުމުގެ ޖަލްސާގެ ތެރެއިން ބަޖެޓު ފާސްކުރުމުގެ ޖަލްސާގެ ތެރެއިން

2022 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލަށް ސަތޭކަ ތޭރަ މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލައި ފާސްކޮށްފިއެވެ.

Advertisement

ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް އެކުލަވާލި ބަޖެޓު ފާސް ކުރީ މިމަހު 15 ވަނަ ދުވަހުގެ ރޭ ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައި ބޭއްވި ކައުންސިލްގެ އާއްމު ޖަލްސާގައި ބައިވެރިވެ ވޯޓު ދެއްވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ފާސް ކުރި ބަޖެޓުގައިވާ ގޮތުން 2022 ވަނަ އަހަރު ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި 41.850 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ. އަދި ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރާ 29 މިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކުން ލިބޭނެ ކަމަށް ލަފާކުރާ އެހީތަކާއި އެކު 113.581 މިލިޔަން ރުފިޔާ ކައުންސިލަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު