Advertisement
Advertisement

އެޖެންޑާ19ގެ ވައުދުތައް އެމްޑީޕީ ސަރުކާރުން ދަނީ ފުއްދަމުން – އެމްޕީ ހުސޭން

ހަސަން ހައްސާމް
ފުވައްމުލަކު މެދު ދާއިރާ މެންބަރު ހުސޭން ފުވައްމުލަކު މެދު ދާއިރާ މެންބަރު ހުސޭން

މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި އެޖެންޑާ19ގެ ވައުދުތައް އެމްޑީޕީ ސަރުކާރުން ދަނީ ފުއްދަމުން ކަމަށް ފުވައްމުލަކު މެދު ދާއިރާ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ދީދީ (ހުސޭން) ވިދާޅުވެއްޖެއެވެ.

އެޖެންޑާ19ގެ ވައުދުތަކުގެ ތެރެއިން ފަޚްރުވެރި އާއިލާއެއް ބިނާކުރުމުގެ ތެރެއިން 'ދަރިވަރުންގެ ދަރަނި ކުޑަ ކުރުމުގެ ވައުދު'ގެ ޕޯސްޓަރު ޓްވީޓް ކުރައްވަމުން ހުސޭން ވަނީ ސަރުކާރުން ވައުދުތައް ފުއްދަމުން ދާތީވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވައި ޝުކުރު އަދާކޮށްފައެވެ.

އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔަ އަދަދު އެއް ޕަސެންޓަށް ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ކުރިމަތިލާން މިހަފްތާގައި ސަރުކާރުން ވަނީ ހުޅުވާލައިފައެވެ. މީގެ ކުރިން އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އެއަދަދު ތިން ޕަސެންޓަށް ދަށްކުރިއެވެ. އަދި މިދިޔަ ހަފްތާގައި ވަނީ އެ އަދަދު އެއް ޕަސެންޓަށް ކުޑަކޮށްފައެވެ. 

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބެގެން ކިޔެވުމަށް މި ބުރުގައި ހުޅުވާލާފައި ވަނީ 720 ފުރުސަތަށެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 2،100 އަށް ވުރެ ގިނަ ދަރިވަރުންނަށް މިދިޔަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރެއިންވެސް ސަރުކާރުން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކަން ރައީސްގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު