Advertisement
Advertisement

އެމްޑީޕީ ޕީޖީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އަކަށް ހުސައިން މުހައްމަދު ދީދީ

ހަސަން ހައްސާމް
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އިންތިހާބުކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބުގައި މި މަގާމަށް ހުސައިން ހޮވުނީ 63 މެންބަރުންގެ ވޯޓުންނެވެ.

ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިހާބުކުރާ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް 40 ވޯޓުން ހޮވިވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ނައިބު ދެ ލީޑަރުންގެ ތެރެއިން މަގާމަށް 49 ވޯޓުން އިންތިހާބުވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. ދެން ވާދަ ކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބަށް 34 ވޯޓު ލިބި އެއްވަރުވީއެވެ.

އެމްޑީޕީގެ އެތެރޭގެ މުހިންމު ގުނަވަނެއް ކަމުގައިވާ ޕާލިމެންޓްރީ ގްރޫޕްގެ މަސްއޫލިއްޔަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ މަސައްކަތްތަކުގައި ޕާރޓީގެ ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތް ކުރުމާއި އަދި އެމްޑީޕީގެ ހިޔާލުތައް މަޖިލީހުގައި ފާޅުކުރުމެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން މަޖިލީހުގައި އަމަލު ކުރާނެ ގޮތް ނިންމުމާއި އަދި މެންބަރުން ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރު އެޅުވުމަކީ ޕާލިމެންޓްރީ ގްރޫޕްގެ ޒިންމާއެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު