Advertisement
Advertisement

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް

ހަސަން ހައްސާމް
ގިރާ ސަރަހައްދުގެ ސޮއިލް ޓެސްޓް ހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް ގިރާ ސަރަހައްދުގެ ސޮއިލް ޓެސްޓް ހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށްޓަކައި ހަދަންޖެހޭ "ސޮއިލް ޓެސްޓް" ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ "ސޮއިލް ޓެސްޓް" ހެދުމަށް ބޭނުންވާ "ސޮއިލް ސާމްޕަލް" އެއްކުރުމުގެ މަސައްކަތެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ކުރިއަށްއޮތް ދެ ދުވަސްތެރޭ ރިވެޓްމަންޓް ޖަހާ ސަރަހައްދުގެ 26 ސަރަހައްދަކުން "ސޮއިލް ޓެސްޓް" ހެދުމަށް ސާމްޕަލް ނަގާނެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ އިރުމަތީ ފަރާތުގެ ގިރަމުންދާ ސަރަހައްދުން 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން އެއްގަމު ތޮށިލާން ސަރުކާރުން އެމް.ޓީ.ހޯގާޑް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު ފަހުކޮޅުއެވެ. 300 މިލިއަން ރުފިޔާ އަށް މިމަޝްރޫއުގެ މަސައްކަތް ކުރާ އެމް.ޓީ.ހޯގާޑަކީ ފުވައްމުލަކުގެ ބަނދަރުވެސް ހެދި ކުންފުންޏެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު