Advertisement
Advertisement

ކުއްލި ހަބަރު: ވަގުތީ ގޮތުން ވެރިކަން ހިންގުން ނައިބު ރައީސް ފައިސަލް ނަސީމަށް

ފައިސަލް ނަސީމްގެ ދެކަނބަލުން ރައީސް ސޯލިހްގެ ދެކަނބަލުންނާއި އެކު ފައިސަލް ނަސީމްގެ ދެކަނބަލުން ރައީސް ސޯލިހްގެ ދެކަނބަލުންނާއި އެކު

މާދަމާ ހެނދުނު ކުރައްވާ ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާތީވެ އެވަގުތުކޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއި އެކު ސާޖަރީއެއް ކުރައްވަން ޖެހިވަޑައިގަންނަވާތީވެ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ):

"ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ."

މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ޒިންމާ އާއި ބާރުތައް މިފަދަ ހާލަތެއް ދިމާވެ ނައިބު ރައީސަށް ލިބޭ ފުރަތަމަ ފަހަރެވެ. އަދި ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅަކަށް ވެރިކަމުގެ އެންމެ މަތީ ބާރުތަކާއި ޒިންމާތައް ލިބިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު