Advertisement
Advertisement

ޝަހީދުންގެ ދުވަސް: ކުރެހުމުގެ މުބާރާތުގެ އެއްވަނަ ޝަޒްރާ ސައީދަށް

ހަސަން ހައްސާމް
އެއްވަނަ އަށް ދިޔަ ޝަޒްރާގެ ކުރެހުން އެއްވަނަ އަށް ދިޔަ ޝަޒްރާގެ ކުރެހުން

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކު ސިޓީ ކައުންސިލުން އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ އެއް ވަނަ ޝަޒްރާ ސައީދު (ވިންދު/ޏ. ފުވައްމުލައް) ހޯދައިފިއެވެ.

Advertisement

"ގައުމީވަންތަކަން" ތީމުގެ ދަށުން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ދެ ވަނަ ލިބިފައި ވަނީ ފާތިމަތު މިލްނާ (ދާރިގެ/ޏ. ފުވައްމުލައް) އަށެވެ. ތިން ވަނަ ލިބުނީ އާއިޝަތު ސަބާ (ރޫބީ/ޏ. ފުވައްމުލައް) އަށެވެ.

މުބާރާތުގެ އެއްވަނަ އަށް ދިޔަ ޝަޒްރާ ސައީދަށް އިނާމުގެ ގޮތުގައި ފަސްހާސް ރުފިޔާ ލިބޭނެއެވެ. ދެވަނަ އަށް ދިޔަ ފާތިމަތު މިލްނާ އަށް ތިން ހާސް ރުފިޔާ އަދި ތިންވަނަ އަށް ދިޔަ އާއިޝަތު ސަބާ އަށް ދެހާސް ރުފިޔާ ލިބޭނެއެވެ.

މިމުބާރާތަކީ މިއަހަރުގެ ޝަހީދުންގެ ދުވަސް ގައުމީ ފެންވަރުގައި ފުވައްމުލަކުގައި ފާހަނގަކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ފުވައްމުލައް ސިޓީ ކައުންސިލުން މިރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ހަރަކާތެކެވެ.

މިއަހަރުގެ ޝަހީދުންގެ
ދުވަހަކީ މާރޗް 4 ވަނަ ދުވަހެވެ. މި ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން
ސަރުކާރުން ނިންމާފައި ވަނީ ފުވައްމުލަކުގައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު