Advertisement
Advertisement

ޝަހީދުންގެ ދުވަސް: ގައުމީ ފެންވަރުގައި ފާހަނގަ ކުރުން ފުވައްމުލަކުގައި

ހަސަން ހައްސާމް
ޝަހީދުންގެ ދުވަހުގެ ހަރަކާތަށް ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުން ރަށަށް ވަޑައިގަތުން ޝަހީދުންގެ ދުވަހުގެ ހަރަކާތަށް ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުން ރަށަށް ވަޑައިގަތުން

ހިޖުރައިން 1443 ވަނަ އަހަރުގެ ޝަހީދުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަނގަ ކުރަން ސަރުކާރުން ނިންމަވާފައި ވަނީ ފުވައްމުލައް ސިޓީގައެވެ.

Advertisement

މި ދުވަސް ފުވައްމުލަކުގައި ރަސްމީ ފެންވަރެއްގައި ފާހަނގަ ކުރަން ފުވައްމުލައް ސިޓީ ކައުންސިލުން ގެންދަނީ ތަފާތު ހަރަކާތްތައް ރަށުގައި ހިންގަމުންނެވެ. އެގޮތުން އާއްމުކޮށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތަކާއި، ސްކޫލްކުދިންނަށް ހާއްސަކޮށްގެން ސްކޫލުތަކުގެ މެދުގައި ސުވާލު މުބާރާތެއް ބޭއްވުމުގެ އިތުރުން ފުވައްމުލައް ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ޝަހީދުންގެ ދުވަސް ފާހަނގަ ކުރުމަށް ސަރުކާރުން ބާއްވާ ހާއްސަ ޖަލްސާ ވެސް އޮންނާނީ ފުވައްމުލަކުގައެވެ. މި ޖަލްސާ އޮންނާނީ ޝަހީދުންގެ ދުވަހު (މާރޗް 4 ވަނަ ދުވަހުގެ ރޭގަނޑު) 20:30 ގައި ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގައެވެ. މި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި ފުވައްމުލަކު މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު