Advertisement
Advertisement

ކޯޓުން ޖަލު ހުކުމެއް އިއްވުމުން، އެހުކުމް ގޭގައި ތަންފީޒު ކުރުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫން- ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް

ޤާނޫނުގައި އަދި ރަދީފުގައި ވެސް ގެއަކީ ޖަލުގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއް ނޫން ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

Advertisement

ދައުލަތުން ހަމަހަމަ ކަމާއިއެކު މައްސަލަތަކުގައި ދައުވާ އުފުލުމާއި، ދައުވާ ކުރުމަށް އިސްކަންދޭ ކަމަށް ޕީޖީ ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ ކޯޓުން ޖަލު ހުކުމެއް އިއްވުމުން، އެހުކުމް ގޭގައި ތަންފީޒު ކުރުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫންކަމަށެވެ. އަދި ހުކުމްކޮށް ގޭގައި ބަހައްޓައިގެން އުޅޭ ސަބަބު ސިއްރުކޮށް، އެކަމުގެ މައުލޫމާތު ހާމަނުކުރަން އުޅުމަކީ ހަމަހަމަ ކަމުގެ ވާހަކަ ދައްކަން މިއަދު ލަދު ގަންނަންޖެހޭ ކަމެއްކަމަށް ހައިލްމަ ވިދާޅުވިއެވެ.

ހައިލަމް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތް ހިންގައިގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ގޭ ބަންދުގެ ލުއި ދިނުމާ ގުޅުން ހުރި މައުލޫމާތުތަކެއް ހޯދަން ނޫސްވެރިން ސުވާލުކުރުމުން އެއިން އެއްވެސް މައުލޫމާތެއް ހާމަކުރަން ހޯމް މިނިސްޓްރީން އިންކާރުކޮށްފައި ވަނިކޮށެވެ

Advertisement
ކިޔުންތެރިންގެ ހިޔާލު