Advertisement
Advertisement

ވެޓްރެންސް ފުޓްސަލް މުބާރާތް 2022 ފެށިގެން ކުރިއަށް ދަނީ

ވެޓްރެންސް ފުޓްސަލް މުބާރާތް - ފޮޓޯ ސިޓީ ކައުންސިލް ވެޓްރެންސް ފުޓްސަލް މުބާރާތް - ފޮޓޯ ސިޓީ ކައުންސިލް

ވެޓްރެންސް ފުޓްސަލް މުބާރާތް 2022 ގެ ނަމުގައި މުބާރާތެއް ފެށިގެން ކުރިއަށް އެބަ ދެއެވެ. މި މުބާރާތް ކުރިއަށް ދަނީ 2 ގުރޫޕް އަކަށް ބަހާލައިގެން ޖުމްލަ 10 ޓީމް ބައިވެރިވެގެންނެވެ. 

Advertisement

މި މުބާރާތުގައި މިހާތަނަށް 12 މެޗް ކުޅެވިފައިވާއިރު ގުރޫޕް 1 އިން ދޫނޑިގަލޯނާ 6 ޕޮއިންޓް ލިބިގެން އޮތީ އެއްވަނާގައެވެ. އަދި  2 ވަނަ މާލެގަން ޔޫތް ފައުންޑޭޝަން އެވެ. މާލެގަން ޔޫތް ފައުންޑޭޝަން އަށް ލިބިފައިވަނީ 4 ޕޮއިންޓް އެވެ.

ގުރޫޕް 2 ގެ އެއްވަނަ ކިއްލާ ސްޕޯޓްސް ކްލަބް 3 މެޗް ކުޅެގެން ޖުމްލަ 6 ޕޮއިންޓް ލިބިފައިވާއިރު، ހޯދަޑު ސްޕޯޓްސް ކްލަބް އަށް ލިބިފައިވަނީ 6 ޕޮއިންޓް އެވެ.

ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2022 އެވެ. ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2022 ވަނަ ދުވަހު އެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކުޅެވޭނީ 40 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް އެކަނި ކަމަށް ކައުންސިލުން ހާމަ ވިދާޅުވިއެވެ. މި މުބާރާތުގައި ރަށުން ބޭރު 1 ކުޅުންތެރިއަކަށް ކޮންމެ ޓީމަކަށް ކުޅުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު