Advertisement

ހިޔާނާތުގެ ލިސްޓުގައި މަލީހުގެ ނަން އޮތް ކަމަށް ހާމަކުރުމާއި އެކު ކޯފާވެއްޖެ!

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ގޮތުން މަލީހް ޖަމާލް އަށް އެމްއެމްޕީއާރުސީގެ ލާރިން 200،000 ރުފިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ.

Advertisement

 އަދި މަލީހަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު އޭރުގެ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީއިން ތައްޔާރު ކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު އާއްމު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަލީހު ވަނީ އެ ލިސްޓާއި ދޭތެރޭ ހިތްހަމަނުޖެހި ފުލުފުލުން ޓްވީޓުކުރައްވާފައެވެ. އެގޮތުން ލިސްޓު ނެރުމަކީ ހިންގި ޖަރީމާއެއް ކަމަށް މަލީހު ވަނީ ސިފަކޮށް އެސެޓް ރިކަވަރީ ކޮމިޝަނަށް ފާޑު ވިދާޅުވެ މަލީހު ވަނީ އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރުދެއްވާފައެވެ. އަދި އެމްޑީޕީ އަށް ފާޑު ކިޔަމުން ވެރިކަމާއި ހަވާލުވާ ކޮންމެ ފަހަރަކު ދައުލަތް ފެއިލްކޮށްލާ ކަމަށާއި އެމްޑީޕީ އެކަހެރި ކުރަންޖެހޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މަލީހު ޖަމާލަކީ އާއިލީ ގޮތުން ކުރީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޖަމީލު އަހުމަދާއި ތިމާގެ ބޭފުޅެކެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޖަމީލު އަހުމަދާއި ޖެހުނު މައްސަލައިގައި މަލީހު ވަނީ ވަޒީރުކަމުން ވަކިކޮށްފައެވެ. އެފަހުން އައި މިސަރުކާރުގެ ފުރަތަމަ ސައިންސާއި ޓެކްނޮލޮޖީގެ ވަޒީރުގެ މަގާމު ލިބިވަޑައިގަތީ މަލީހަށެވެ. މަލީހު މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އެމްޑީޕީއިން ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މިނިސްޓަރު ކަމުން ވަކިކޮށްފައެވެ. އެފަހުން މަލީހު ދަނީ އެމްޑީޕީ އާއި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އިތުރުން ސަރުކާރަށް ފާޑު ކިޔަމުންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ޒާލިމް
ކާކުތޯ ކޯފާނުވަނީ؟ އަދި ތިކަހަލަކިތަންމެ ޓުވީޓަކާއި ނޫސް ބަޔާނަކާއި މެސެޖާއި އިންޓަވިއުތައް ފެންނާނެއެވެ. ތިޔަ ފައިސާއެއް ލިބުނު އެކެއްވެސް ނުހުންނާނެއެވެ. ހަމަ މުޅިންވެސް އެމީހުންގެ އަގު ވައްޓަން، ސަރުކާރު ފެއިލްވެގެން، ނޫނީ ކޮންމެވެސް އެހެން ކަމެއް ވެގެން އެމީހުންގެ ނަން އެލިސްޓުގައި ހިމެނީކަމަށް ނޫނީ ނުވާނެއެވެ.
ކެޔޮޅުބެ
ކަލޭވެސް ތީ ހިޔާނާތްތެރިއެއް. މީނަ މިހާވަރަކުން މި ހަޅޭއްލަވަނީ ކީއްވެގެން ކަން މިހާރު އެނގިއްޖެ.