Advertisement

ފާއިތުވި ދުވަސްތަކުގައި މިޔަރުގެ ބިހޭވިއަރ އަށް ބޮޑެތި ބަދަލްތަކެއް އައިސްފައިވޭ!

މިޔަރުގައި ކާރިވާން ފެށީމަ ދުރުކުރާނެ ގޮތް ދައްކާލަނީ މިޔަރުގައި ކާރިވާން ފެށީމަ ދުރުކުރާނެ ގޮތް ދައްކާލަނީ

Advertisement

ފުވައްމުލަކުގެ ފަރު ކާރީގައި އުޅޭ މިޔަރު ތަކަކީ މުޅި ދުނިޔެއިންވެސް ފާހަނގަ ކޮށްލެވޭ މިޔަރު ތަކެކެވެ. 

ޓައިގަރ ޝަރކް ގެ ނަމުން ނަންދެވިފައިވާ މި މިޔަރު ތަކަކީ މުޅި ފުވައްމުލަކު ފަރު ކާރީގައި އުޅޭ އެއްޗެއް ކަމަށްވެފައި ކޮންމެ ގަޑިޔަކު މި ދިމާލަށް ފޭބުމުން މި މިޔަރުތަށް ފެންނަ ކަމީ މި ސަރަހައްދު އެންމެ މަޝްހޫރު ވާންޖެހުނު އެއް ސަބަބެވެ. މުޅި ދުނިޔެއިންވެސް ވަރަށް މަދު ގައުމެއްގައި ނޫނީ މިމަންޒަރު ނުފެނެއެވެ. އެހެންކަމުން މި މަންޒިލް ވެގެން ގޮސްފައިވަނީ ވަރަށް މަޤްބޫލް މަންޒިލަކަށެވެ.

ނަން ހާމަކުރަން ނޭދޭ ޑައިވް އިންސްޓްރަކްޓަރަކު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ބައެއް ޑައިވް ސެންޓަރު ތަކުން ޢަމަލު ކުރަމުން ގެންދަނީ އެކަން ކުރަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ބައެއް އިންސްޓްރަކްޓަރުން މިޔަރުގައި އަތްލުމާއި، ކާންދިނުމާއި މިފަދަ ކަންކަން ކުރާ މަންޒަރު ފެންނަކަމަށެވެ. އަދި މިފަދަ ބައެއް ފޮޓޯތަކާއި ވީޑިއޯ މިހާރުވެސް ސޯޝަލް މީޑިއާގައި ފެންނަން އެބަހުއްޓެވެ. އިތުރަށް އެފަރާތުން މަޢުލޫމާތު ދިންގޮތުގައި މިޔަރުގައި އެގޮތަށް އަތްލުމަކީ މަނާކަމެކެވެ. އެކަމުގެ ސަބަބުން މިޔަރުގެ ބިހޭވިޔާއަށް ވޭތުވެދިޔަ ދުވަސްތަކުގައި ބޮޑެތި ބަދަލްތަކެއް އަންނަން ފަށާފައިވާކަން ފާހަނގަވާން ފަށާފައިވެއެވެ. 

ޑައިވްސެންޓަރުތަކުން މިހާރު ޢަމަލު ކުރާގޮތަކީ، މަސް ކަނޑާފައި ބާކީ ހުންނަ މަހުގެ ބޯފަދަ ތަކެތި މޫދަށް އެޅުމަށްފަހު 20 ވަރަކަށް ފޫޓު ދުރުގައި ބަލަން ތިބެނީ އެވެ. އަދި މިއީ އެންމެ ސޭފް ގޮތް ކަމަށްވެސް އެފަރާތުން ދެކެއެވެ. ނަމަވެސް ހިތާމައަކީ ބައެއް ފަރާތްތަކުން މިގޮތަށް އަމަލް ނުކުރާކަމެވެ. އަތްވެސް ލަނީއެވެ. ބޮސްވެސް ދެނީއެވެ. މިހެންވުމުގެ ސަބަބުން މިޔަރުގެ ވިސްނުމަށާއި އުޅުމަށް ބަދަލުތަކެއް އަންނާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއްނުވާނެ އެއްވެސް މީހަކަށް ދެރަ ގޮތެއްވާކަށް ނަމަވެސް މަދު ބަޔަކު ކުރާ މިފަދަ ކަމަކުން އޭގެ ގެއްލުން ހުރިހާ ޑައިވްސެންޓަރަކަށް ކުރާނެއެވެ. ހަމަ އެއާއި އެކު މުޅި ފުވައްމުލަކުގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ..

އެހެންކަމުން ހުރިހާ ފަރާތްތަކުން މިކަންކަމަށް ވިސްނައިގެން ހަރުދަނާ ޤަވާއިދުތަކެއް ހަދަން ޖެހެއެވެ.  އަދި މިހާރަށްވުރެ ބޮޑަށް ކައުންސިލުން މިކަމުގައި އިސްނަގަން ޖެހެއެވެ. އެގޮތުން ހަރުދަނާ ޤަވާއިދުތަކެއް ހެދި ޤަވާއިދުތަކަށް އަމަލުކުރޭތޯ ބަލާ މޮނިޓަރ ކުރެވޭނެ މެކޭނިޒަމްއެއް އޮތުމަކީވެސް މުހިއްމު ކަމެކެވެ. މިގޮތަށް އަމަލު ކުރެވިގެން ނޫނީ އެއްމެންނަށް ރައްކައުތެރިކަން ނުލިބޭނެއެެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
ޢިއްބެ
ދުނިޔޭގައި މިފަދަކަންތައްތައް އެންމެރައްކާތެރިކަމާއެކުކުރާމީހުންވެސްމިޔަރުތަކުގެބިހޭވިޔާދަސްކޮއްއެއެއްޗެތިތަކުގައައްލާޢުޅޭ މިއީރާއްޖޭގައިވަރައްމަދުންނޫނީ ނުފެންނަމަންޒަރެއް މިމަންޒަރުންމިފެންނަނީ މުސްތަގުބަލުގައި ދިވެހި ސައިންވެރިންއުފެދި ދިވެހިންމިކަހަލަފޮއްތައްލިޔެ ހެދުމުގެއުންމީދު. ފޮޓޯޔަކުންފެނުނަސް ކޮންމެމީހަކުއައްލާންއުަޅެންޔާމިކަހަލަހާދިސާތައްދިމާވެދާނެ.
ޢިއްބެ
ފޮޓޯއަކުންފެނުނަސް ތިމާމެންނައްނައްނޭގޭކަންތައްކުރަންއުޅެންޔާ ނުރައްކާތެރިހާދިސާތައްހިގާފާނެ. ދިވެހިންމަސްމަހާބެހޭދިރާސާތައްކޮއްފޮއްތައްނެރޭމަންޒަރުފެންނަހެންހީވަނީ.