Advertisement

ފޭކް ސްލިޕް ބޭނުންކޮށްގެން ވައްކަންކުރުން އިންތިހާޔަށް!

މުހައްމަދު ޝަހީދު

ދިވެހިރާއްޖޭގައި ފޭކް ސްލިޕް ބޭނުންކުރުމާއި، އޮޅުވާލައިގެން މީސްމީހުން އަތުން ފައިސާ ހޯދުމާއި، ޑޮލަރު ގަތުމުގެ ނަމުގައި ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު ރުފިޔާ ނުދީ އޮޅުވާލުމަކީ މިހާރު ދިވެހިރާއްޖޭގައި ޢާއްމުވެއްޖެ ކަމެކެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭގެ ނާޖާއިޒް ފައިދާ ނަގަނީ ވަގުންނެވެ.

Advertisement

ދާދިފަހުންވެސް މިފަދަ ހާދިިސާއެއް ފެންމަތިވެގެންގޮސްފައިވެއެވެ. ޑޮލަރު ގަންނާނަމޭ ބުނެ ޑޮލަރު އެކައުންޓަށް ފޮނުވުމަށްފަހު ތަކުރާރުކޮށް މެސެޖް ވައިބާރ އިން ކުރުމުންވެސް ޖަވާބު ނުދީ ހުރުމަށްފަހު އެކައުންޓު ނަމްބަރު ދިނުމަށް އެދުނު، އަދި އިރުގަނޑެއް ވިފަހުން ބުނީ ހުންނާނީ ފޮނުވާފައި ކަމަށެވެ. ނަމަވެސް އެކައުންޓުން ފެންނަން ނެތުމުން އަނެއްކާވެސް ވީގޮތެއް ބެލުމަށް މެސެޖް ކުރުމުން ބުނީ ވާނީ ފޮނުވާފައި ކަމަށެވެ. މީގެ ފަހުން ޚަބަރެއް ނުވުމުން ނިންމީ ބެންކަށް ގުޅުމަށެވެ. އެތައް އިރަކު ވެއިޓިންގ ގައި ހުރުމަށްފަހު ފޯނު ނެގުމުން ކަން ހިނގައި ދިޔަގޮތް ކިޔައި ދިނީމެވެ. ނަމަވެސް ބޭންކުން ބުނަނީ ތިކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. ނަމަވެސް އަނެއް އެކައުންޓުގެ ވެރިފަރާތަށް ގުޅާފައި ކޮންފަރެންސެއް ހެދިދާނެ ކަމަށެވެ. ދެން މިކަމަށް އެދުމުން އެފަރާތަށް ވެސް ގުޅާދިނެވެ. ނަމަވެސް އެފަރާތުން ބުނަނީ އަޅުގަނޑު ފޮނުވި ދިވެހި ރުފިޔާ އެކައުންޓަށް ލާރި ފޮނުވި ކަމަށެވެ. ދެން ބެންކުން ބުނީ ފޮނުވާފައި ހުރި މެސެޖްތަށް ފޮނުވުމަށެވެ. ދެފަރާތުން ފޮނުވުމުން ބުނީ ރުފިޔާ ފޮނުވާފައި ވަނީ އަހަރެން ދިން އެކައުންޓަށް ކަމެއް ޔަގީން ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ އެކޮޅުން ފޮނުވި ސްކްރީންޝޮޓުގައި ވަނީ ރަނގަޅު ނަމްބަރެވެ. ނަމަވެސް އެއީ އަޅުގަނޑުގެ އެކައުންޓު ނަމްބަރެއް ނޫން އަދި އެއީ އަޅުގަނޑު ފޮނުވި މެސެޖެއްވެސް ނޫނެވެ. މިކަން ހިނގައި ދިޔަ ގޮތް ކިޔައިދެމުން މިކަން މެދުވެރިވި ފަރާތް ކަމުގައިވާ އަބްދުﷲ ކިޔައިދިނެވެ. މިމައްސަލަ ފުލުހަށްވެސް މިހާރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށްވެސް އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މަޢުލޫމާތު ފަހުން ލިބިފައިވާގޮތުން އެފަރާތަކީ މީގެ ކުރިންވެސް މީހެއްގެ އަތުން 1100 ޑޮލަރު ނަގާފައި ރުފިޔާ ނުދީ ފިލައިގެން އުޅޭ ފަރާތެކެވެ. އެމައްސަލަވެސް ވަނީ ފުލުހައް ހުށަހަޅާފައެވެ. ނަމަވެސް އެމީހާ އާއި މެދު ފިޔަވަޅެއް އެޅިފައި ނުވެއެވެ.

މިފަދަ މީހުން ދެނެގަންނަން އެބަ ޖެހެއެވެ. މީހެއްގެ އެކައުންޓަށް ރުފިޔާ ފޮނުވުމުގެ ކުރިން ބެލިދާނެ ކަންތަށްތަކެއް ހުރެއެވެ. މިސާލަކަށް ވައިބާރ މެދުވެރިކޮށް ވާހަކަދައްކަނީ އެ އެކައުންޓުގެ ވެރިފަރާތް ކަން ކަށަވަރު ކުރެވިދާނެއެވެ. މިފަދަ މީހުން ގިނަފަހަރު ވައިބާ ގުރޫޕުތަކުގައި އުޅެނީ ވައިބާރ ގައި ނަމްބަރު ހައިޑުކޮށްގެން ނަމްބަރު ނުފެންނާނެ ގޮތް ހަދައިގެންނެވެ. އަދި އެހެން މީހުންގެ ޕްރޮފައިލް ފޮޓޯއާއި ނަން ވެސް ބޭނުންކޮށްގެންނެވެ. މިފަދަ މީހުން ކިތަންމެ ބޮޑު އަގެއް ކިޔަސް މިފަދަ މީހުނަށް ރުފިޔާ ނުވަތަ ޑޮލަރު ނުފޮނުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދެވަނަ ކަމަކަށް ނުދަންނަ މީހެއް ނަމަ ޓްރާންސްފާ ކުރާއިރު ފެންނާނެހެން (ފޭސްޓު ފޭސް) ކޮށް މުޢާމަލާތް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އޭރުންވެސް މިފަދަ ކަންކަމަށް ހުޅުވާލެވިފައިހުރި ދޮރުތަށް މަދުވެގެންދާނެއެވެ. ފޭކް ސްލިޕް ބޭނުންކޮށްގެން މީހަކު ރޭގެ ދަންވަރު ވަނީ މީހަކު  ހައްޔަރުކޮށްފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު