Advertisement
Advertisement

ޑރ. ޢިޔާޒް ގެ ވާހަކަތަކަށް ހުސައިން ރަޝީދު ގެ ރައްދު

ފޮޓޯ:  ހުސައިން ރަޝީދު ގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ: ހުސައިން ރަޝީދު ގެ ފޭސްބުކް ޕްރޮފައިލް

ޑރ ޢިޔާޒްގެ ވާހަކަތަކާއި ގުޅިގެން ހުސެން ރަޝީދު އަހުމަދު ވިދާޅުވީ، ނަމާދުގެ ޖަމާޢަތުގައި ސަފު ހެދުމާއި ގާތްގާތުގައި ތިބުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. ނަމާދު ފުރިހަމަ ވާނެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެގޮތަށް ސަފު ނުހެދުމަކީ ނަމާދު ބާޠިލުވާނޭ ކަމެއް ނޫން ކަމަށެވެ. އަދި އުޒުރަކާ ލައިގެން ކައިރި ނުވާނަމަ ނަމާދު މަކްރޫހަވެސް ނުވާނެކަމަށެވެ. އަދި މިއީ ދީނުގެ އެންމެހައި ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތް ކަމުގައެވެ.  

ރާއްޖޭގެ ބައެއް ހަރުކަށި ފިކުރުގެ ބޭފުޅުން މިކަން ބޮޑުކޮށްލައިގެން ސުއްނަތެއް ފަރުޟަކަށް ބަދަލު ކުރަމުން ނަމާދު ބާޠިލުވާނެ ކަމަށް ފަތުވާ ދެއްވަމުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަމުން ދާކަމަށާއި އަދި ދުރުދުރުގައި ތިބުމަށް ސަރުކާރުން އެންގުމާއެކުވެސް ސަރުކާރުގެ އެއެންގުމަށް ތަބާނުވުމަށް މުދިމުންނަށާއި ރައްޔިތުންނަށް އަންގަވަމުން ސަރުކާރަށް ގޮންޖަހަމުން ދަނީ ކަމުގައި ހުސައިން ރަޝީދު ވިދާޅުވިއެވެ.  

އެހާރާއި މިހާރުގެ ފިގުހުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ނަމާދުގެ ސުއްނަތަކަށް ފަރުޟެކޭ ހީކުރުން ނުވަތަ ފަރުޟަކަށް ސުއްނަތެކޭ ހީކުރުމީ އެފަދަ މީހެއްގެ ނަމާދު ބާޠިލުވާނޭ ކަމެކެވެ. މިބޭފުޅުންނަށް މިކަންވެސް އިޙްސާސްވެ ވަޑައި ނުގަންނަވާ ކަހަލައެވެ. 
މިތާގައި އިޔާޒު މުންކަރާތެކޭ އެވިދާޅުވަނީ ސުއްނަތެއް ދޫކޮށްލުމަށް ކަމަށް ޑރ. ހުސެން ރަޝީދު ވިދާޅުވަމުން ވިދާޅުވީ "އަޒްހަރު ޔުނިވަރސިޓީގެ ފަތުވާ ކޮމެޓީއިން މިފަދައިން ވިދާޅުވެފައި ވެއެވެ. اتصال الصفوف فى صلاة الجماعة أفضل وشرط كمال الصلاة ސަފުތައް ގުޅުވައިގެން ޖަމާޢަތުގައި ނަމާދު ކުރުމީ ނަމާދު ފުރިހަަމަ ވުމުގެ ވަސީލަތެކެވެ. އަދިވެސް އެފަތުވާގައި ބުނެފައި ވެއެވެ. ترك الأفضل يؤدى إلى نقصان الثواب، لكن لا يُبطِل العبادة ސަފު ހެދުމަކީ އައުލާ ގޮތް ކަމުގައި ވީހިނދު އައުލާގޮތް ދޫކޮށްލުމީ ސަވާބު އުނިވާނޭ ސަބަބެކެވެ. އެއީ އަކީ ނަމާދު ބާޠިލުވާނޭ ކަމެއް ނޫނެވެ". 

އެއަށްފަހު އެފަތުވާގައި އިމާމު ޝާފިޢީގެ މިބަސްފުޅު ގެނެސްފައި ވެއެވެ. قال الإمام الشافعى: وَإِنْ صَلَّى رَجُلٌ فِى طَرَفِ الْمَسْجِدِ وَالْإِمَامُ فِى طَرَفِهِ وَلَمْ تَتَّصِلْ الصُّفُوفُ بَيْنَهُ وَبَيْنَهُ، أَجْزَأَهُ ذَلِكَ އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މީހަކު މިސްކިތުގެ އެއްފަރާތުގައި އިމާމާއާ ދުރުގައި ސަފުތަކާ ނުގުޅިހުރެ ނަމާދު ކުރާނަމަަަަ އަދި އިމާމާއާ ވެސް ގުޅުމެއްނެތި ނަމާކުރުމަކީ އޭނާގެ ނަމާދު ހުއްދަ ވާނޭ ކަމެކެވެ. 

ދެން އަޒުހަރުގެ ފަތުވާ ކޮމެޓީގެ ވާހަކަ ނިންމާލަމުން މިފަދައިން ބަޔާން ކޮށްފައި ވެއެވެ. والخلاصة أن الأولى اتصال الصفوف ، لكن من صلى على كرسى بعذر خلف الصف فى صلاة الفريضة فصلاته غير باطلة والأولى الصلاة فى الصف تحقيقا لكمال الثواب ޚުލާޞާއަކީ ޖަމާޢަތުގައި ނަމާދު ކުރާއިރު އައުލާ ގޮތަކީ ސަފުތައް ގުޅުވައިގެން ތިބުމެވެ. އެހެނަސް މިސާލަކަށް މީހަކު ސަފާ ދުރުގައި ވަކިން (މިސާލަކަށް ޢުޒުރުވެރިއަކަށް ވީތީ) ދުރުގައި ހުރެގެން ގޮނޑިއެއްގައި ފަރުޟު ނަމާދު ކުރުމަކީ އޭނާގެ ނަމާދު ބާޠިލުވާނޭ ކަމެއް ނޫނެވެ. އައުލާ ގޮތަކީ ނަމާދު ކުރާހިނދު ސަވާބު ފުރިހަމައަށް ލިބިގަތުމުގެ ގޮތުން ސަފުސީދާކޮށް ފުރިހަމަ ކުރުމެވެ. 

ހުސެން ރަޝީދު ނިންމަވާލެއްވީ ކަން މިހެން އޮތް އިރު ޑރ. ޢިޔާޒުމެން އެއުރެދެމުން ދަނީ ހަމަ އެކަނި ވެރިންނަކަށް ނޫނެވެ. ﷲއަށާއި އެއިލާހުގެ ރަސޫލާއަށް ވެސް އުރެދޭކަން އެމީހުންގެ ބަހުންނާއި ޢަމަލުން އެބަ ސާބިތުކޮށްދެއެވެ.މިކަން އެބޭފުޅުންގެ ސިކުނޑިއަށް ވަންނަނަމަ ހާދަވާ ރަނގަޅޭ ވިދާޅުވަމުންނެވެ.
Advertisement
ކިޔުންތެރިންގެ ހިޔާލު