"ޝީޝާ ރަށި ބާޒާރޮ 2024‘ އަންނަ އާދީއްތަ ދުވަހު ފަށަނީ, ޝަލަބީވެސް ފެންނާނެ!

ފޮޓޯ ފޭސްބުކް ޕޭޖް ފޮޓޯ ފޭސްބުކް ޕޭޖް

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ 'ރަށި ބާޒާރޮ' އަންނަ އާދީއްތަ ދުވަހުގެ ރޭ ފެށުމަށް ހަމަޖައްސައިފިއެވެ.



މަޝްހޫރު ސައިކަލު ބްރޭންޑް، ހޮންޑާގެ ދިވެހިރާއްޖޭގެ ’އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރ‘، ޝީޝާއަކީ މިއަހަރުގެ ބާޒާރުގެ ’ޓައިޓަލް ސްޕޮންސަރ‘އެވެ. އެހެންކަމުން މިމަހުގެ 20، 21، 22 އަދި 24 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ބާޒާރު ކުރިއަށް ގެންދިއުމަށް  ހަމަޖެހިފައިވަނީ 'ޝީޝާ ރަށި ބާޒާރޮ 2024'ގެ ނަމުގައެވެ.



ޝީޝާއިން ވަނީ ބާޒާރަށް ޒިޔާރަތްކުރައްވާ ހުރިހާ ފަރާތެއްގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ 'ޝީޝާ ރަށި ބާޒާރޮ 2024'ގެ ބޮޑު އިނާމަކަށް 'ހޮންޑާ އެއަރބްލޭޑް 125 ސްޓޭންޑާޑް އެޑިޝަން'ގެ ސައިކަލެއް ހުށަހަޅާފައެވެ. މިގުރުއަތު ނެގުން އޮންނާނީ ބާޒާރުގެ އެންމެ ފަހު ރޭގައެވެ. މީގެ އިތުރުން ބާޒާރު އޮންނަ ކޮންމެ ރެއަކުވެސް އެރެއެއްގައި ބާޒާރަށް ޒިޔާރަތްކޮށް ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ތަފާތު އެކިކަހަލަ ބޭނުންހުރި އިނާމުތައް ދެވިގެންދާނެއެވެ. އަދި ބާޒާރުގެ އެންމެ ފަހު ރޭ ފުވައްމުލައް ސިޓީ ހޮންޑާ ސާވިސް ސެންޓަރު ހުޅުވުމާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތަކެއް އެސަރަހައްދުގައި ކުރިއަށްދާނެއެވެ.





މިފަދަ ބާޒާރެއް ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގެ ފިހާރަތަކުން އާންމުކޮށް މުދާ ލިބެން ހުންނަ އަގަށްވުރެ ހެޔޮކޮށް އަދި ގިނަ ވައްްތަރުގެ މުދާތަކެއް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. 

ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ބާޒާރުގައި 52 ވިޔަފާރިއަކުންވަނީ ބައިވެރިވެފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު