ފުވައްމުލަކު މިސްކިތްމަގުގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ފުވައްމުލަކު މިސްކިތްމަގުގައި އީދު ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވާން ފަށައިފިއެވެ.
މިސްކިތްމަގު އަވަށުގެ އަންހެނުންނާއި ޒުވާނުން އިސްނަގައިގެން ކުޅިވަރުތައް ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ. 1446 ވަނަ އަހަރު އަޟްހާ ޢީދު ދުވަހާއި އީދު ބަންދުގެ 4 ދުވަހުވެސް ތަފާތު ކުޅިވަތުތައް އޮންނާނެ ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން ބުނެއެެވެ.
އެގޮތުން ޢީދު މަޅި ރޯކުރުމާއި ޢީދު ސައި އަދި ތަފާތު އެތަކެއް ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ތައްޔާރު ވެފައެވެ. ޢީދު ވިލޭރޭ 08:30 ގައި ޢީދު މަޅި ރޯކުރުން މައިލޯ ދަނޑުގައި ކުރިއަށް ދާނެއެވެ. ޢީދު ނަމާދަށްފަހު އީދު ސައި، އޮންނާނީ އާޒީ މަގުގައި، ސޯސަންވިލާ ކުރިމަތީގައެވެ. އުޟްހިޔާ ކަތިލުން ވެސް ހަމަ މިސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ހަމައެއާއި އެކު މެންދުރުގެ ޚާއްސަ ކެއުމެއްވެސް މެންދުރު 1:00 - 2:00 ބްރައިޓްވޭ ސްކޫލުގައި އޮންނާނެއެވެ.
އީދު ކުޅިވަރުތައް ކުރިއަށްދާނެ ގޮތުގެ ތާވަލް:
ޢީދުވިލޭރޭ 08:30 ގައި ޢީދު މަޅި ރޯކުރުން - މައިލޯ ދަނޑު
ޢީދު ދުވަސް (ފުރަތަމަ ދުވަސް)
- ޢީދު ސައި، ޢީދު ދުވަހު ހެނދުނު ޢީދު ނަމާދު ނިމިގެން - ޢާޒީ މަގު ސޯސަންވިލާ ކުރިމަތި
- މިސްކިތްމަގު ރައްޔިތުންގެ ފަރާތުން އުޟްހިޔާ ކަތިލުން - ޢާޒީމަގު ސޯސަންވިލާ ކުރިމަތި
- މެންދުރު ކެއުން، މެންދުރު 1:00 - 2:00ށް ޢާޒީމަގު - ބްރައިޓްވޭ ސްކޫލް
- ޢީދު ކުޅިވަރު ހުރިހާ އެންމެނަށް ހުޅުވާލައިގެން، ހަވީރު 4:00 - 6:00ށް - މައިލޯ ދަނޑު
ޢީދު 2 ވަނަ ދުވަސް:
- ޢީދު ކުޅިވަރު ހުރިހާ އެންމެނަށް ހުޅުވާލައިގެން، ހަވީރު 4:00 - 6:00ށް، މައިލޯ ދަނޑު
ޢީދު 3 ވަނަ ދުވަސް:
- ޢީދު ކުޅިވަރު ހުރިހާ އެންމެނަށް ހުޅުވާލައިގެން، ހަވީރު 4:00 - 6:00ށް، މައިލޯ ދަނޑު
- ޢީދު ބާބެކިއު، ލަންޓަން ރޯކޮށް ދޫކުރުމާއި އެކު، ރޭގަނޑު 8:00، މައިލޯ ދަނޑު
ޢީދު 4 ވަނަ ދުވަސް:
- ކުޅިވަރު ނިންމާލުމާއި ފެންކުޅި، ހަވީރު 4:00 - 6:00ށް، މައިލޯ ދަނޑު
އެހެން އަހަރުތަކާ ޚިލާފަށް މި ފަހަތުގެ އީދު ފޯރިގަދަ ވާނެ ކަމުގެ ޔަގީންކަން އެ ޓީމުން ދެއެވެ. މި ކުޅިވަތު ތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާާލާފައެވެ.