Advertisement
Advertisement

2020 އަކީ ޕްރޮސެސަރ ތަކަށް އިންގިލާބެއް ގެނައި އަހަރެއް!

މުހައްމަދު ޝަހީދު
އިންޓެލް ޕްރޮސެސަރ - ޕޮޓޯ ގޫގުލްސް އިންޓެލް ޕްރޮސެސަރ - ޕޮޓޯ ގޫގުލްސް

ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރަމުންދަނީ ވަރަށްވެސް ހަލުވި ކަމާއި އެކުއެވެ. އެގޮތުން 2020 ވަނަ އަހަރަކީ ކޮމްޕިއުޓަރުގައި މުހިއްމު އެއް ގުނަވަން ކަމަށްވާ ޕްރޮސެސަރ ތަކަށް ލިބިގެންގޮސްފައިވާ ކުރިއެރުމަކީ ވަރަށް ފާހަނގަ ކޮށްލެވޭ ކުރިއެރުންތަކެއް އައިސްފައިވާ އަހަރެކެވެ. ސަބަބަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ޕްރޮސެސަރ އުފައްދާ ދެކުންފުނި ކަމަށްވާ އިންޓެލް އަދި އޭ.އެމް.ޑީ ގެ ދެމެދު ވާދަވެރިކަން ބޮޑުވެ، ދުނިޔޭގެ އެއްވަނާގައި އޮތް އިންޓެލް ފަހަތަށް ޖައްސާލުމަށްފަހު އޭ.އެމްޑީ ކުރި ހޮދުމެވެ. މީގެ ސަބަބެއް ކަމުގައިވަނީ އޭ.އެމްޑީގެ ޕްރޮސެސަރ ތަކުގައި މަލްޓި ތްރެޑިން ގިނަވެފައި ޕްރޮސެސިންގް ސްޕީޑް މާ ބޮޑުތަނުންވެސް ރަނގަޅު ވެގެން ދިއުމެވެ. މީގެ ސަބަބުން ޕްރޮސެސަރ ގަންނަން ލިބޭ އަގު ހެޔޮވެގެން ދިޔައީ އެވެ. އެހެން ކަމުން ކުރިން ލިބެންހުރި އަގަށްވުރެ ދެގުނަ އަގު ހެޔޮކޮށް ޕްރޮސެސަރ ލިބެން ހުރެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު