މިއީ މޫނުގެ ހަންގަނޑު ރީތި ކުރުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ ކަމެއް
ރީތި ހަންގަޑުގެ ވެރިއަކަށް ވާން އެންމެންވެސް ބޭނުން ވެއެވެ. އެގޮތުން ތަފާތު އެކި ވައްތަރުގެ ކުރީމް ތަކާއި މޫނު ރީތިކުރަން ބޭނުން ކުރާ މާސްކް ތައް ބޭނުން ކުރުން ވަނީ ދިވެހިންގެ އާދައަކަށް ވެފައެވެ. ނަމަވެސް އޭގެން ފައިދާތަކެއް ކުރާތަން ގިނަފަހަރަކަށް ނުފެނެއެވެ. އޭގެ ވަރަށް ގިނަ ސަބަބުތަކެއް ވެސް ހިމެނެއެވެ. ކޮންމެ މީހަކަށް ވެސް ލިބިފައިވަނީ ތަފާތު ހަންގަނޑެކެވެ. އެގޮތުން ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަށް ޓަކައި އެންމެ ފުރަތަމަ ކަމަކަށް ތިބާ ވިސްނަން ޖެހޭނީ ތިބާ އަށް ލިބިފައިވަނީ ކޮންވައްތަރެއްގެ ހަންގަނޑެއް ތޯ ބަލާ ހޯދުމަށް ފަހު ތިބާގެ ހަންގަނޑަށް ގުޅޭ އެއްޗެހި ބޭނުން ކުރުމެވެ. އިންސާނާގެ ހަންގަނޑު މައިގަނޑު ގޮތެއްގައި ބެހިގެންވާ ތަފާތު ވައްތަރު ތަކެއް ހިމެނެއެވެ.
ތިބާއަށް ލިބިފައިވަނީ ކޮން ވައްތަރެއްގެ ހަންގަނޑެއް ތޯ ހޯދާނީ ކިހިނެއް ؟
1. ރީތިކޮށް މޫނު ދޮވެލުމަށް ފަހު ހިއްކާލާށެވެ.
2. ދެ ގަޑިއިރު ވަންދެން މޫނުމަތީގައި އެއްވެސް އެއްޗެއް ބޭނުން ނުކޮށް މަޑުކޮށްލާށެވެ.
3. އޭގެ ފަހުން ތިބާގެ މޫނު މައްޗަށް އައިސްފައި ވަނީ މިތަނުން ކޮން ކަހަލަ ބަދަލެއް ތޯ އަމިއްލަ އަށް ބަލާށެވެ.
- ތިބާގެ މޫނު މަތީގައި ވަރަށް ކުޑަކޮށް ތެޔޮ ކަމެއް ހުރެއްޖެ ނަމަ ތިއީ އާދައިގެ ހަންގަނޑެއްގެ ވެރިއެކެވެ. ( Normal Skin )
- ތިބާގެ މޫނު މަތި އާދަޔާ ޙިލާފަށް ތެޔޮ ކޮށް ހުރެއްޖެ ނަމަ ތިއީ ތެޔޮ ހަންގަޑެއްގެ ވެރިއެކެވެ. ( Oily Skin )
- ތިބާގެ މޫނު މަތި ވަރަށް ބޮޑަށް ހިކިކޮއް ބާރުކަމެއް ހުރެފައި އެއްވެސް ވަރެއްގެ ތެޔޮކަމެއް ނެއް ނަމަ ތިއީ ހިކި ހަންގަޑެއްގެ ވެރިއެކެވެ. ( Dry Skin )
- ތިބާގެ ނިއްކުރި އާއި ނޭފަތާއި، ދަތްދޮޅި ވަރަށް ތެޔޮކޮށް ހުރެފައި މޫނު މަތީގެ ބާކީ ތަންތަން ހިކިކޮށް ހުރެއްޖެ ނަމަ ތިއީ ދެވައްތަރުގެ ހަންގަނޑުގެ ވެރިއެކެވެ. ( Combination Skin )
- ތިބާގެ މޫނުމަތި ވަރަށް ބޮޑަށް ހިކިފައި ނުވަތަ ތެޔޮކޮށް ހުރެފައި ވަރަށް ބޮޑަށް ރަތްވެފަ، ހިރުވަންޏާ ތިއީ ނާޒުކު ހަންގަނޑެއްގެ ވެރިއެކެވެ. ( Sensitive Skin )
ހަށިގަނޑުގެ އެހެން ގުނަވަން ތަކެކޭ އެއްފަދައިން މޫނުމަތީގެ ހަންގަނޑަށް ވެސް މޫސުމީ ބަދަލުތައް އަންނާނެއެވެ. އެ ބަދަލުތަކާއި އެއްގޮތަށް މޫނުމަތީގައި ބޭނުންކުރާ ބާވަތް ތަކަށް ވެސް ބަދަލު ގެންނަން ވާނެއެވެ.