Advertisement

ދީނާގެ ބިއުޓީ ޕްރޮޑަކްޓްސް ވަރަށް ފައްކާ، ފުވައްމުލަކު އުފެއްދުންތަކެއް!

ދީނާގެ ބައެއް އުފެއްދުންތަށް ދައްކާލަނީ ދީނާގެ ބައެއް އުފެއްދުންތަށް ދައްކާލަނީ

ފުވައްމުލަކަކީ ތަފާތު އެތަށް ފަންނާނުން އުފެދިފައިވާ ރަށެކެވެ. ނަމަވެސް މިފަހަރު "ރަށި ކަބަރޮ" އިން ފާހަނގަ ކޮށްލަނީ އަންހެން އަދި ފިރިހެނުންނަށްވެސް ބޭނުންކޮށްލެވޭނެ ފުވައްމުލަކު އުފެއްދުންތަކެއް އުފައްދާ އުފެއްދުންތެރިއެއްގެ ވާހަކައެވެ.

Advertisement

ފުވައްމުލަކަށް އުފަން "ދީނާ" އެންމެ ފުރަތަމަ މިކަމަށް ޝައުޤުވެރިކަން އުފެދުނު ގޮތް ކިޔާދެމުުން ބުނީ، އެންމެ ފުރަތަމަ ރައްޓެހިންނަށް އިންޓްރޮޑިއުސް ކުރީ، ދެން އިންސްޓަރގްރާމްގައި ޖެހި ޕޯސްޓަކަށް ސަޕޯރޓް ލިބުނީ، މިހިސާބުން މިކަން ކުރުމުގެ ޝައުގުވެރިކަން އުފެދުނުކަމަށް ދީނާ ބުންޏެވެ.

މިފަދަ ޕްރޮޑަކްޓް ތަކެއް ހެދުމުގައި ވަރަށް ގިނަ ގޮންޖެހުން ތަކެއް އެބަހުރިކަން ފާހަނގަ ކުރަމުން ބުނީ، ރާއްޖެއިންނާއި އަދި ފުވައްމުލަކުންވެސް ބައެއް ރޯ މެޓީރިއަލްސް ވެސް ލިބެން ހުންނަ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ބޭރުން ގެންނަ ތަކެތީގައި ދަތި ކަމެއް ހުންނަ ކަމަށެވެ. ސަބަބަކަށް ވަނީ ކޮވިޑް ގެ ހާލަތު ގައި ދުނިޔޭގެ ހުރިހާ ޤައުމު ތަކުގައިވެސް ޝިޕިންގ ލަސް ވުމެވެ. ރާއްޖެއިން ބޭރުން ބައެއް ސާމާނު ގެންނަން ޖެހުނަސް ދިވެހި ރާއްޖެއިން ލިބެން ހުންނަ ގިނަ މާއްދާ ބޭނުން ކުރެއެވެ އެގޮތުން ދިވެހި ކާށި ތެޔޮ ބޭނުންކޮށްގެން ވެސް ބައެއް ޕްރޮޑަކްޓްސް ވެސް ހަދާ ކަމަށް އޭނާ ބުންޏެވެ.

"އާމްދަނީ ރިޕްލޭސް ކުރެވޭ ވަރެއް ނުވޭ. އެކަމަކު މިހާރު އެއްވެސް ވަޒީފާ އެއްގައި ނޫޅެން" ބޭނުންވާ ވަރަށް މި މަސައްކަތަށް ވަގުތު ނުދެވޭ ކުޑަ ކުއްޖަކު ބަލަމުން ގެންދާތީވެ. ނަމަވެސް މިކަމުގައި ފިރިމީހާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ”

 ހުރިހާ މާކެޓިން މެޓީރިއަލްސް އަދި ސޯޝަލް މީޑިއާ އެއް ބަލަނީ ފިރިމީހާ ކަމަށެވެ. 

އައިޝަތު ދީނާ  ބުނީ މި ކަން ފެށިގެން އައީ މާ ބޮޑު އިންވެސްޓެއް ކޮށްގެން ނޫން ނަމަވެސް މިހާރު މިދަނީ ފުޅާ ކުރަމުންނެވެ. އެގޮތުން މާލީ ހާލަތު އެހާ ރަނގަޅު ނޫންވީމަ މިވަގުތު އިންވެސްޓް ކުރަނީ ލިބޭ ފައިދާއިން ކަމަށެވެ. މިކަން ރަސްމީ ކޮށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދީނާ ބުނެއެވެ. އެގޮތުން ވިޔަފާރި ރަޖިސްޓަރ ކުރުމުގެ ކަންތަށް ކުރަމުން އަންނަ ކަމަށެވެ.

ދީނާގެ ޕްރޮޑަކްޓް ހެދުމަށްފަހު ރައްޓެހިންނަށް އެ ޓެސްޓް ކުރުމުގެ ފުރުސަތު ދެއެވެ. އެގޮތުން ބޭނުން ކުރުމަށްފަހު ލިބޭ ފީޑްބެކަށް ބަލާފައި އިތުރަށް ރަނގަޅު ކުރަންޖެހޭނެ ކަމެއް ހުރިނަމަ ރަނގަޅުކޮށްފަ ނޫނީ މާކެޓަށް ނުނެރޭ ކަމަށްވެސް ދީނާ ބުނެއެވެ. މިކަމުގައި ރައްޓެހިންނާއި ޢާއިލާގެ އެއްބާރުލުން ވަރަށް ލިބޭ ކަމަށް ދީނާ ބުނެއެވެ. ދީނާ ބުނީ މި މަސައްކަތް ފެށިފަހުން އަދި މިވީ ދޮޅުމަސް ދުވަސް ކަމަށް ވިޔަސް ދީނާގެ ޕްރޮޑަކްޓްތަށް މިހާރު ފުވައްމުލަކުން ލިބޭނެއެވެ. އަދި ފުވައްމުލަކު ކޮންމެތާކަށްވެސް ޑެލިވަރީ ކޮށްދޭނުމުގެ ޚިދުމަތްވެސް އިތުރު އަގަކާއި ނުލައި ކޮށްދެއެވެ.

މިހާރު ދީނާ އުފައްދާފައިވާ ޕްރޮޑަކްޓްތަކުގެ ތެރޭގައި، ފޭސްކްރަބް، ބޮޑީ ސްކްރަބް، ފުޓް ސޯކް، ވެކްސް ވެސް ހުރެއެވެ. މީގެ ކޮންމެ ވައްތަރެއްގައި ތަފާތު އެކި ފްލޭވާރ ވެސް ލިބެން ހުރެއެވެ.

ދީނާގެ ވިސްނުން ހުރީ ބިއުޓީ ޕްރޮޑަކްޓް ކާމިޔާބުވީމަ އަންހެނުންނަށް ޚާއްސަ އެންޖީއޯއެއް އުފެއްދުމަށެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ އަންހެނުން ބާރުވެރި ކުރުވުމެވެ. ވަކިން ޚާއްސަކޮށް އަންހެނުން އެކި އެކި މައިދާނުގައި ހުރި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަށް ބަލާ، އެކަމުން އަރައިގަންނަން ކަނބަލުންނަށް ހިއްވަރުދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރި އިތުރަށް ކުރިއެރުވުމުގެ ގޮތުން ތަފާތު އެހެން ކަންކަން ވެސް ކުރަން ބޭނުންވާ ކަމަށްވެސް ދީނާ ބުންޏެވެ.


 

 

Advertisement
ކިޔުންތެރިންގެ ހިޔާލު
ާއައިޝާ
ތިގޮތުގަ ހިއްވަރުކޮއްލާ 👍👍 އިންސްޓާރ / އެފްބީ ޕޭޖް ލިންކް؟؟؟
މަހޮދީ
ދީނާގެ ބިއުޓީ ޕްރޮޑަކްޓްސް ފައްކާކަމުން މޫނުމަތި އެހާ އޮމާންކޮއް އެހުންނަނީ