Advertisement
Advertisement

ޢުމުރުން އެންމެ 9 އަހަރުގެ އަލްސަން އެކްސްކަވޭޓަރ އޮޕަރޭޓް ކުރާ ވީޑިއޯއެއް އާއްމުވެއްޖެ

9 އަހަރުގެ އަލްސަން އޭނަގެ ބައްޕައާއި އެކު އެކްސްކަވޭޓަރ އޮޕަރޭޓް ކުރާގޮތް ބަލާލަނީ 9 އަހަރުގެ އަލްސަން އޭނަގެ ބައްޕައާއި އެކު އެކްސްކަވޭޓަރ އޮޕަރޭޓް ކުރާގޮތް ބަލާލަނީ

ފުވައްމުލަކުގައި އެންމެ 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެކްސްކަވޭޓަރ އޮޕަރޭޓް ކުރާ ވީޑިއޯއެއް ވައިރަލްވެއްޖެއެވެ.

Advertisement

މިކަމާއި ގުޅޭގޮތުން "ރަށިކަބަރޮ" އިން އަޙުމަދު އަލްސަން އާސިފްގެ ބައްޕަ އާއި ސުވާލުކޮށްލުމުން ކަން ހިނގާދިޔަ ގޮތް ކިޔާދިނެވެ. އަސްލާން ގެ ބައްޕަ ބުނާގޮތުން މީގެ 3 ދުވަސް ކުރިން އޭނަގެ މަންމައާއި އެކު ދުއްވާލަން ދިޔަ މަގުމަތީގައި ދަރިފުޅުގެ ބައްޕަ އާއި އެކު އެކްސްކަވޭޓަރ އަށް އެރުމަށްފަހު ލިވަރުގައި ހިފަނީ ކިހިނެތްތޯ ސުވާލުކޮށް ހެދުމަށްފަހު އެދުވަހު ދިޔައީ ކަމަށެވެ. ދެން އެސަރަހައްދަށް އައީ މިއަދު ކަމަށާއި ގޮސް ބަލަން ހުރެފައި ބައްޕަ ގާތުގައި ފައިބާށޭ ބުނީމަ ކީތްކުރަންތޯ ސުވާލު ކުރި ކަމަށެވެ. ދަރިފުޅު ބުނީ ތިމަންނަ ތިތަން ކޮނެލާނެ ކަމަށެވެ. ބުނީމަ އިންޖީނު ސްޕީޑް ދަށްކުރުމަށްފަހު ދިނުމުން އަމިއްލައަށް ކޮންނަން ފެށީ ކަމަށެވެ.

އިތުރަށް ދަރިފުޅުގެ ބައްޕަ (އާސިފް) ބުނީ ދަރިފުޅަކީ އެއް އިރެއްގައިވެސ ހެވީ ވެހިކަލް އޮޕަރޭޓް ކުރާތަން ބަލާ ނުވަތަ އެކަމުގެ ޝައުގުވެރިކަން ހުރި ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް ރޭސިން ކާރު ފަދަ ވެހިކަލް ދެކެ ވަރަށް ގަޔާވާ ކުއްޖެއް ކަމަށެވެ. އެގޮތުން ޑްރިފްޓް ކުރާ ވީޑިއޯތަކާއި ލިއުންތަށް ބަލާ ހަދާކަން ފާހަނގަ ކުރެވޭ ކަމަށެވެ. ދަރިފުޅު އެކްސްކަވޭޓަރު އޮޕަރޭޓް ކުރާ ވީޑިއޯ އާސިފް ވަނީ ފޭސްބުކްގައި ޝެއާރ ކޮށްފައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު