Advertisement

އެޓަރަގްޒިސްގެ ނަމުގައި ފުވައްމުލަކުގައި ސިޓީ ހޮޓަލެއް ހުޅުވައިފި

އެޓަރަގްޒިސް ގްރޭންޑް އެންޑް ސްޕާ އެޓަރަގްޒިސް ގްރޭންޑް އެންޑް ސްޕާ

އެޓަރަގްޒިސް ގްރޭންޑް އެންޑް ސްޕާގެ ނަމުގައި ފުވައްމުލަކުގައި ސިޓީ ހޮޓަލެއް ހުޅުވައިފި އެވެ.

Advertisement

މިއީ ފުވައްމުލަކުގައި ހުޅުވި މަތީ ފަންތީގެ ފުރަތަމަ ސިޓީ ހޮޓަލެވެ. އިމާރާތާއި ހިދުމަތުގެ ފެންވަރުގެ ގޮތުން ހަތަރު ތަރީގެ ފެންވަރުގައި ގިންތި ކުރެވޭނެ މި ހޮޓަލުން ފަތުރުވެރިންނަށް ގިނަ ހިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓާއި ޖިމްގެ އިތުރުން ސްޕާ ހިދުމަތް ހިމެނެއެވެ.

މި ހޮޓަލުގެ ރީތި ކަމާއި އެއްވަރަކަށް ކޮޓަރިތަށް ވެސް ރީތިވެފައި ގިނަ ހިދުމަތްތަކެއް ލިބެއެވެ. މި ހޮޓަލުގައި 3 ފަންތިއަކަށް ގިންތިކޮށްލެވޭ ކޮޓަރިތައް ހުރެއެވެ. އާއިލާ އެކީގައި ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ފެމިލީ ސުއިޓް ކޮޓަރި ލިބެން ހުރި އިރު އަރާ މަންޒަރު ކޮޓަރީގައި ތިބެ ބަލާލަން ބޭނުންވާ ފަރާތްތަކަށް ޓްރޮޕިކަލް ސަންރައިޒް ކޮޓަރި ނެގެން ހުރެއެވެ. އަދި ޓްރޮޕިކަލް ސަންސެޓްގެ ކޮޓަރިން ފުވައްމުލަކަށް އިރުއޮއްސޭ ހިތްގައިމު މަންޒަރު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިހުރިހާ ކޮޓަރިތަކުން ވެސް މިޒަމާނުގެ ޓޫރިސްޓް ހޮޓަލެއްގެ ކޮޓަރިއަކުން ލިބޭނެ ހުރިހާ ފެންވަރު ރަނގަޅު ހިދުމަތްތަކުގެ އިތުރުން ކޮފީ އާއި ލުއި ކާނާ ވެސް ލިބެއެވެ.

މި ހޮޓަލުގައި ހުންނަ ދި ސްޕޮޓް ބައި އެޓަރަގްޒިސް ރެސްޓޯރެންޓުން ދިވެހި ކެއުންތަކުގެ އިތުރުން ހުޅަނގުގެ މީރު ކެއުންތައް ލިބެން ހުންނާނެއެވެ. ހެދުނު ގަޑީގެ ސައި ބުފޭ ނުވަތަ ބްރޭކްފާސްޓް ބުފޭ އިން ލިބެން ހުރެއެވެ. އަދި މެންދުރު ކެއުމާއި ރޭގަނޑުގެ ކެއުންތައް ރޫފް ޓޮޕް ޑެކް ގައި ސާރވްކޮށްދެއެވެ.

މި ހޮޓަލުގެ އެންމެ ސަޅި އެއް ތަނަކީ މިތަނުގެ ޓޮޕް ޑެކް އެވެ. ސަން ބާތު ކުރަން ބޭނުން ނަމަ ސަން ބެޑާއި ޔޯގާ ކަސްރަތާއި ސްޕާ އަކުން ލިބޭ ހިދުމަތްތަކުގެ އިތުރުން އެކި ކަހަލަ ކެއުންތައް ވެސް މިތަނުން ލިބެއެވެ. މީގެ އިތުރުން މަސާޖުކުރަން ބޭނުންވާ ފަރާތްތަކަށް އެހިދުމަތާއި ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް ޖިމްގެ ހިދުމަތް ވެސް މިތަނުން ލިބޭނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު