Advertisement
Advertisement

ފުވައްމުލައް – މާލެ: މި މަހު 25 އަދި 26 ގައި އިތުރު ފްލައިޓް އަޅަނީ

މޯލްޑިވިއަން ފްލައިޓެއް ފުވައްމުލަކު އެއަރޕޯޓުގައި މޯލްޑިވިއަން ފްލައިޓެއް ފުވައްމުލަކު އެއަރޕޯޓުގައި

ސްކޫލް ބަންދާއި އެކު ފްލައިޓްތައް ފުލްވުމުގެ ސަބަބުން ފުވައްމުލައް – މާލެ ރޫޓްގެ އިތުރު ފްލައިޓަތަކެއް އަޅަން ނިންމާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ ސާއިމް މޫސާ ވިދާޅުވެއްޖެއެވެ.

Advertisement

މިއަދު ސްކޫލްތައް ބަންދުވެ ޗުއްޓީ ފެށުމާއި އެކު ފުވައްމުލައް މާލެ ޓިކެޓްތައް ވިކި ހުސްވެ ފްލައިޓްތައް ވަނީ ފުލްވެފައެވެ. ސާއިމް ހާމަކޮށްފައިވާ ގޮތުގައި ފްލައިޓުން ޖާގަ ނުލިބި ދަތުރު ނުކުރެވިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ފުވައްމުލައް މާލެ ރޫޓްގެ އިތުރު ފްލައިޓްތައް މި މަހު 25 އަދި 26 ވަނަ ދުވަހު އޮންނާނެ އެވެ.


ފުވައްމުލަކާއި މާލެ އާއި ދެމެދު ވައިގެ މަގުން ދަތުރު ކުރަނީ މޯލްޑިވިއަނުން އެކަނިއެވެ. އެހެން ކަމުން ކޮންމެ ސްކޫލް ބަންދަކާއި އެއް ގޮތަށް މިފަހަރު ވެސް ގިނަ ބަޔަކު ދަތުރު ކުރާތީވެ ހުރިހާ ފްލައިޓެއް ހެން މިދުވަސްކޮޅަށް ވަނީ ފުލްވެފައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު