Advertisement
Advertisement

ހެއްވާ މަޖާ: ފުވައްމުލަކުން ފުވައް ކެނޑުން

ރައީސް މައުމޫން 1979 ވަނަ އަހަރު ފުވައްމުލަކުގައި ރައީސް މައުމޫން 1979 ވަނަ އަހަރު ފުވައްމުލަކުގައި

މިއީ ތުންތުން މަތިން ކިޔައި އުޅޭ ވާހަކައެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ހަވަރު (އޭރުގެ ސިފައިން) ހުވަދު އަތޮޅު ތިނަދޫ އަށް އަރައި އެރަށުން މީހުން ފައިބަން މަޖުބޫރުކޮށް އެއާއި ގުޅިގެން ހިނގި ހާދިސާތަކާއި ގުޅުވައި އެރަށަށް ހަވަރުތިނަދޫ ކިޔާ އުޅެއެވެ. އެއީ ތިނަދޫ މީހުން ނިކަން ރުޅިއަރާ ހިތްހަމަނުޖެހޭ ނަމެކެވެ. ރުޅި އަންނާނެތާއެވެ. ރަށުގެ ނަމުގެ ކުރިއަށް ހަވަރު އޮތުމުން އެމީހުންގެ ހަނދާނުގައި އަބަދުމެ ހުންނަނީ ތިނަދޫ އަށް ހަވަރު އަރައި ހިންގި ލާއިންސާނީ ހާދިސާތަކެވެ. 

ކޮންމެއަކަސް ރައީސް ނާސިރުގެ ވެރިކަން ނިމި އަހަރުތަކެއް ފަހުން ހަވަރުތިނަދޫ މީހުން ގައުމުގެ ވެރިޔާ ގާތަށް ގޮސް ދެންނެވިއެވެ. ހަވަރުތިނަދޫ ނަމުން ހަވަރު ކަނޑާލަ ދޭށެވެ. އެއީ މަމެން ނުރުހޭ ނަފްރަތު ކުރާ ނަމެކެވެ. އެހިނދުން ފެށިގެން ހަވަރުތިނަދޫގެ ނަމުން ހަވަރު ކަނޑައި ތިނަދޫ އަށް ނަން ބަދަލުވެއްޖެއެވެ. 

މި ޚަބަރު ފުވައްމުލަކު މީހުންނަށް އިވުމުން އެރަށު ބަޔަކު ވެރިޔާ ގާތަށް ގޮސް ދަންނަވައިފިއެވެ. މަމެން ބޭނުމީ ފުވައްމުލަކުން ފުވައް ކަނޑާލާށެވެ. ވެރިޔާ އަށް ލިބުނު ސިހުމާއި އެކު ދެންނެވުނީ ހޯހޯ އޭރުން ތިރަށުގެ އަންހެނުންނާއި، ރަށުގެ އާބާދީ އާއި މުސްތަގުބަލަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ތިޔަކަން ކުރާކަށް ލާހިކެއް ނޫނެވެ. - މިއީ ހަގީގަތުގައި ހިނގި ކަމަށް އެނގެން އޮތް ވާހަކައެއް ނޫނެވެ. 

ކިޔުންތެރިންގެ ހިޔާލު
ފާރޫގު
ފޯއްމުލަކުން ފޯއް ކަނޑާލަ ދިނުމަށް އެދި ފޯއްމުލަކު މީހަކު، ކުރިން ރޭޑިއޯ އިން ކޮންމެދުވަހަކު ފޮނުވަމުން ގެންދިޔަ " ރޭޑިއޯ ހަވީރު " ޕްރޮގްރާމް މެދުވެރިކޮށް ސިޓީއެއް ފޮނިވީ!
އަޅިކޮޅު
ހަވަރު ކިޔުނު ގޮތުގެ މައުލޫމާތު ރަނގަޅެއް ނޫން! އަދި ތިވާހަކަ ވެސް ވަރަށް ތަފާތު!