Advertisement
Advertisement

މިއުވާން ނޫސްވެރިކަމުން ރައީސް އޮފީހުގެ ތަަރުޖަމާނު ކަމުގެ މަޤާމަށް

މިއުވާން މުޙައްމަދު މިއުވާން މުޙައްމަދު

މިއުވާން އަކީ ފުވައްމުލަކަށް އުފަން ހުނަރުވެރި ކުޅަދާނަ ޒުވާނެކެވެ. މިއުވާން އެންމެ ފުރަތަމަ މީހުންނަށް ފެނިގެން ދިޔައީ ރާއްޖެ ޓީވީއިން ނެވެ. ރާއްޖެ ސިޔާސީ ގޮތުން ގައުމު އެންމެ ހަލަބޮލިވެގެން ދިޔައިރު މިއުވާން ހުރީ ރާއްޖެ ޓީވީގެ  ޕްރެޒެންޓަރެއްގެ މަޤާމުގައެވެ. މިއުވާން މުޙައްމަދު ފާހަނގަވަނީ ހަލުވި ކަމާއި އެކު ޚަބަރު ކިޔާ ޕްރެޒެންޓަރެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ބްރޭކިން ނިއުސް ފަދަ ލައިވް އިވެންޓް ތަށް ގެނެސް ދިނުމުގައި މިއުވާން ފާހަނގަ ކޮށްލަން ޖެހެއެވެ.

Advertisement

މިއުވާން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ، ކޮމިއުނިކޭޝަން ގެ މަޤާމުން އިސްތިއުފާ ދިނީ 22 އޯގަސްޓް 2022 އެވެ. އަދި ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަޤާމަށް އައްޔަންކުރި ދުވަހެއް ސީދާ ސާފެއް ނުވެއެވެ. މީގެ ކުރިން މި މަޤާމުގައި ހުންނެވީ މަބްރޫކް އަޒީޒް އެވެ. މިއުވާން މި މަޤާމާއި ހަވާލުވީ މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމުންނެވެ. މިއުވާން އަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގެ 3 ވަނަ ސްޕޯކްސް ޕާސަން އެވެ.

ސޯޝަލް މީޑިއާގައި މިއުވާން އަށް މަރުޙަބާ ދަންނަވާ ވަރަށް ގިނަ ރައްޓެހިން ނާއި ވަރަށް ގިނަ ފުވައްމުލަކު ރައްޓެހިން ދަނީ ޝެއާރ ކުރަމުންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު