Advertisement
Advertisement

އެއްދޮރު ބަންދުވާއިރު އެއްހާސް ދޮރު ހުޅުވޭނެއެވެ

އަހުމަދު މިސްބާހް މުނީރު
އެއްދޮރު ބަންދުވާއިރު އެއްހާސް ދޮރު ހުޅުވޭނެއެވެ އެއްދޮރު ބަންދުވާއިރު އެއްހާސް ދޮރު ހުޅުވޭނެއެވެ

ވަޒީފާއެއް ނެތި، ވަރަށް ފަޤީރުކޮށް އުޅެމުން ދިޔަ މީހަކު ވަރަށް ބޮޑު ކޮމްޕިއުޓަރު އުފައްދާ ކުންފުންޏެއްގެ ފާޚާނާ ސާފުކުރާ މީހާގެ މަޤާމަށް ކުރިމަތިލައި އިންޓަވިއުއަށް ހޮވުނެވެ.



Advertisement

އިންޓަވިއުގެ ތެރެއިން ކޮންޕިއުޓަރު ކުންފުނީގެ މެނޭޖަރ، ވަޒީފާނެއް މީހާއަށް ބުންޏެވެ. ތިބާ ވަޒީފާއަށް ހޮވިއްޖެއެވެ. އެހެން ނަމަވެސް، ވަޒީފާގެ އެއްބަސްވުން ފޮނުވުމަށްޓައި ތިބާގެ އީމެއިލް އެޑްރެސް އަޅުގަނޑުމެން ބޭނުމެވެ. އެ މީހާ ޖަވާބު ދިނެވެ. މަޢާފުކުރައްވާށެވެ. އަޅުގަނޑު އަތަކު އީމެއިލް އެޑްރެސް އެތް އަދި ކޮމްޕިއުޓަރެއް ނެތެވެ.



މެނޭޖަރު ޖަވާބު ދިނީ "ތިބާގެ އަތުގައި ކޮމްޕިއުޓަރެއް ނެތް، އޭގެ މާނައަކީ ތިބާ ހާޒިރު ނުވާ ކަމާއި، ތިބާ ހާޒިރު ނުވާނަމަ އޭގެ މާނައަކީ އަހަރެމެންނަށް މަސައްކަތް ނުކުރެވޭނެ ކަމެވެ."



ވަޒީފާ ލިބުމުގެ ހުރިހާ ދޮރުތަކެއް އެކުންފުނިން ބަންދުވުމުން އެމީހާ ވަރަށް ދެރަވެގެން އެއޮފީހުން ނިކުމެގެން ހިނގައްޖެއެވެ. އަދި ދަމުން އޭނާ އަތުގައި އެވަގުތު ހުރި ހުރިހާ ފައިސާއެއް (10 ޑޮލަރު) ޚަރަދު ކޮށްފައި ސްޓޯބެރީ ގަތެވެ. އަދި އެ ސްޓޯބެރީ ވިއްކުމަށްޓަކައި ދޮރުތަކުގައި ތަކި ޖަހަން ފެށިއެވެ. މިހެންގޮސް ދުވަސް ނިމުނު އިރު އޭނާއަށް 20 ޑޮލަރު ލިބިއްޖެއެވެ.



މިއަށްފަހު އެމީހާއަށް ވިސްނުނީ އެކަމަކީ މާއުނދަގޫ ކަމެއް ނޫންކަމެވެ.



ޖެހިގެން އައި ދުވަހު ވެސް ހެނދުނު ނިކުމެ ތިން ފަހަރު އެމަސައްކަތް ތަކުރާރުކޮށްފިއެވެ. މިވިޔަފާރި ކުރަމުންގޮސް އޭނާޔަށް ސައިކަލެއް ގަނެވޭވަރަށް ފައިސާ ލިބިއްޖެއެވެ.



ދުވަސްކޮޅެއްގެ ބުރަ މަސައްކަތުން ޓްރަކެއް ގަނެވޭ ވަރަށް ފައިސާ އެއްކުރެވިއްޖެއެވެ. އޭގެ ފަސް އަހަރު ފަހުން އެމީހާ ވެގެން ދިޔައީ މުޅި އެޝަހަރުގެ ކާބޯ ތަކެތީގެ ވިޔަފާރި ކުރާ އެންމެ ބޮޑު ފިހާރައިގެ ވެރިޔާއަށެވެ.



ދުވަސްތައް ފާއިތުވަމުން ގޮސް އޭނާގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ ޝަހަރުން ބޭރުގެ ހިސާބުތަކުގައި ވެސް އޭނާގެ ފިހާރަތައް ހުޅުވައިފިއެވެ.



ވިޔަފާރި ބޮޑުވެ ފުޅާވުމުން، އޭނާގެ ވިޔަފާރި ކުންފުނު އިންޝުއަރެންސް ކުރަން އޭނާ ވިސްނިއެވެ. އަދި އިންޝުއަރެސް ކުންފުންޏަކާއި ވާހަކަ ދެއްކިއެވެ. އިންޝުއަރެންސް ކުންފުނިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ތިބާގެ ވިޔަފާރި ތައް އިންޝުއަރެންސް ކޮށް އަދި އެއްބަސްވުން ފޮނުވުމަށް ޓަކައި ތިބާގެ އީމެއިލް އެޑްރެސް އަޅުގަނޑުމެން ބޭނުމެވެ. ވިޔަފާރި ވެރިޔާ ބުންޏެވެ. އަހަރެން އަތަކު އީމެއިލް އެޑްރެހެއް ނެތެވެ. އަދި ކޮމްޕިއުޓަރެއްވެސް ނެތް ކަމަށް ބުންޏެވެ.



އިންޝުއަރެންސް މުވައްޒަފު ޖަވާބު ދިނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ތިބާ ފަސް އަހަރު ތެރޭގައި އުފެއްދީ މި ޝަހަރުގެ އެންމެ ބޮޑު ކާބޯތަކެތީގެ ކުންފުނި، އަދި ތިޔަބޭފުޅުންގެ އަތުގައި އީމެއިލްއެއް ނެތް، އީމެއިލްއެއް އޮތްނަމަ ކިހިނެއް ވާނީ!!



ވިޔަފާރި ވެރިޔާ ޖާވާދު ދިނެވެ. މީގެ ފަސް އަހަރު ކުރިން އަހަރެންގެ އަތުގައި އީމެއިލެއް އޮތްނަމަ މިހާރު ހުންނާނީ އެހެން ކުންފުންޏެއްގެ ފާޚާނާތައް ސާފުކުރާށެވެ.



ޢިބްރަތް: ބައެއް ފަހަރު މާތްالله ތިބާއަށް ރަނގަޅު ކަމަށް ހީވާ ކަމެއް ތިބާގެ ކިބައިން މަނާކުރެއްވި ނަމަވެސް މާތްالله ތިބާއަށް އެންމެ ރަނގަޅު ކަންތައްތައް ފޮރުވައެވެ. އަދި ތިބާގެ ކުރިމަތީގައި މާތްالله ދޮރެއް ބަންދު ކުރައްވައިފިނަމަ، ފުރަތަމަ ދޮރަށްވުރެ ރަނގަޅު އެހެން ދޮރެއް ހުޅުއްވައިދެއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
މުޙައްމަދު
ވަރަހަ ފުރިހަމަ ވާހަކައެެއް