Advertisement
Advertisement

ޑެޕިއުޓީ މޭޔަރ ފިކުރީ ހުންނަވާ ދެކޮމިޓީއިން ވެސް އިސްތިއުފާ ދެއްވަައިފި!

ޑެޕިއުޓީ މޭޔަރ މުޙައްމަދު ފިކުރީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ފިކުރީ

ކައުންސިލްގެ ކޮމިޓީތައް ހިންގަން ބޭނުންފުޅުވާ ގޮތައް ކޮމިޓީތައް ހިންގަން ދަތިވާތީ ކަމަށް ބުނެ ޓޫރިޒަމް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ކޮމިޓީއާއި އެންވައަރމެންޓް އެންޑް ކްލައިމެޓް އެކްޝަން ކޮމިޓީގެ މުޤައްރިރު ކަމުގެ މަޤާމުން ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ގެ މަޤާމުގައިވެސް ހުންނެވި މުޙައްމަދު ފިކުރީ އިސްތިއުފާދެއްވައިފިއެވެ.

Advertisement

ފިކުރީ މިދެ މަޤާމުންވެސް އިސްތިއުފާދެއްވާފައިވަނީ 22 އޮގަސްޓް 2021 ވަނަ ދުވަހުގައި ކަން ވަނީ މިނޫހައް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފިކުރީއަށް ގުޅާލުމުން ފުރަތަމަ ވިދާޅުވީ އަދި އިސްތިއުފާ ނުދޭ ކަމަށެވެ. އަދި އެވާހަކަތަކަކީ މުޅިން ރަނގަޅުވާހަކަތަކެއް ނޫންކަމަށެވެ. މިކަމުގައި މާބޮޑު ރިއަލިޓީއެއް އަދި ނެތް ކަމަށެވެ.

ނަމަވެސް ފިކުރީ އިިސްތިއުފާދެއްވައި މޭޔަރ އަށް ވަނީ ސިޓީވެސް ފޮނުވާފައެވެ. ފިކުރީ އިތުރަށް ވިދާޅުވީ ކައުންސިލުގައި ކަންކަން ކުރަމުންދާއިރު ބައެއްފަހަރު ޚިޔާލު ތަފާތުވާ ކަންކަންވެސް ހުންނަކަމަށެވެ. ބައެއް މީހުން އެކަން މާބޮޑުކޮށްގެން ޓުވިސްޓު ކުރަނީ ކަމަށް ފިކުރީ ތުހުމަތު ކުރެއްވިއެވެ.

 

Advertisement
ކިޔުންތެރިންގެ ހިޔާލު