Advertisement
Advertisement

ފުވައްމުލަކު 3 މެމްބަރުން ވީ ކޮންތާކު؟

ރ. މަޑުއްވަރި ދާއިރާގެ މެމްބަރ އާދަމް ޝަރީފް ރ. މަޑުއްވަރި ދާއިރާގެ މެމްބަރ އާދަމް ޝަރީފް

ފުވައްމުލަކަށް ޕީސީއާރ މެޝިނެއް ޖުލައި މަހުގެ ނިޔަލަށް ގެނެސް ޚިދުމަތް ދޭންފަށާނެ ކަމަށް ސަރުކާރާއި މަޖިލިސް މެމްބަރުން އަޑަށް ބާރުލާފައި ވިދާޅުވިޔަސް  އަދި މިހާތަނަކަށް އެ މަންޒަރެއް ނުފެނެއެވެ. އަދި އެވާހަކަ މިހާރު ދައްކާ މެމްބަރެއް ނުވަތަ މިނިސްޓްރީއެއްވެސް ނެތެވެ.

Advertisement

މިހާރު ފުވައްމުލަކު ވަރަށްގިނަ ރައްޔިތުންގެ ލޯ ހުއްޓިފައި ހުރީ ފުވައްމުލަކަށް ނިސްބަތް ނުވާ މަޖިލިސް މެމްބަރަކު މިކަމުގެ ކަންބޮޑުވުން ޓުވިޓާގައި ފާޅުކުރި ހިސާބުންނެވެ. އެއީ ރ. މަޑުއްވަރި ދާއިރާގެ ޢިއްޒައްތެރި މެމްބަރ އާދަމް ޝަރީފް އެވެ. ނަމަވެސް އާދަމް ޝަރީފް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފުވައްމުލަކު ކަނބަލަކާއި އެވެ.

އާދަމް ޝަރީފްގެ ޓުވީޓުގައި މިކަމުގެ ކަނބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވެފައިވަނީ "ފުވުައްމުލަކަށް ޕީސީއާރ މެޝިނެކޭ ކިޔާފައި އެއްޗެއް ރަށުގައި ހުންނަތާ 3 މަސްވާއިރު ޚިދުމަތް ނުލިބި، ކޮންމެ ޓެސްޓެއް ރަށުން ބޭރަށް ފޮނުވައިގެން 4-5 ދުވަހު ރަށު ބަންދުގައި ޓެސްޓުގެ ނަތީޖާގެ އިންތިޒާރުގައި ހުންނަންޖެހުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ".

މިނޫނަސް ފުވައްމުލަކު ކަނބަލުންނާއި ކައިވެނި ބައްލަވައިގެން އުޅުއްވާ ގިނަ މެމްބަރުންތަކެއް މިނޫނަސް މަޖިލިސްގައި އުޅުއްވާކަން ފާހަނގަކުރެވެއެވެ.




Advertisement
ކިޔުންތެރިންގެ ހިޔާލު
ޒިނާޒު- ސުކޫލު
ކަނދައެޅިގެން ދޮގު--- ޓެސްޓް ނަތީޖާ ލިބުމަށް 4-5 ދުވަހެއް ނުވާކަން ފުވައްމުލަކުން ސާމްޕަލް ނަގާ ހުރިހާ ފަރާތްތަކަށް ވެސް އެނެގޭނެ. ނަތީޖާ ލިބުމަށް ވަނީ 1 ދުވަސް... ސަމާލުކަން ހޯދަން ކުރި ޓްވީޓެއް ތީ!
ށަވިޔަނި
ދެންއަންނަ މަޖިލިސް އިންތިހާބުގައި ޢިއްޒަތްތެރި މެމްބަރ ފޮވަންމުލަކު ސިޓީއަށް.