Advertisement
Advertisement

ހާފިޒު އަހުމަދު ސްކޫލް ގައި 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ފުވައްމުލައް ސިޓީގެ ހާފިޒު އަހުމަދު ސްކޫލްގައި 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާންކޮށްފިއެވެ.

Advertisement

އެގޮތުން އޯގަސްޓް 26 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއިން ވަނީ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ބިޑު ހުޅުވުން އޮންނާނީ 2021 ސެޕްޓެންބަރު 15 ވާ ބުދަ ދުވަހުއެވެ.

މި އަހަރުގެ އެޕްރީލް މަހު ހާފިޒް އަހުމަދު ސްކޫލްގައި ވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހާއްސަ އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓުގައި ސެންސަރީ ރޫމެއް ވެސް ގާއިމްކޮށްފައެވެ.

މީގެ އިތުރުން ދުވަސްތަކެއް ވަންދެން ޕްރިންސިޕަލަކު ނެތި ދިއުމަށްފަހު އޯގަސްޓް މަހު 22ވަނަ ދުވަހު އެސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހަމަޖެއްސި އާ ޕްރިންސިޕަލް އިމްތިހާޒު އަހުމަދު ވަނީ ސްކޫލާއި ގުޅިފައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު