Advertisement
Advertisement

"ފުވައްމުލަކު މޮޓޯސްޕޯޓްސް އެސޯސިއޭޝަން" ގެ ނަމުގައި ކުޅިވަރު ޖަމްޢިއްޔާއެއް ރަޖިސްޓަރކޮށްފިި

ލޯގޯ ލޯގޯ

ފުވައްމުލަކު މޮޓޯސްޕޯޓްސް އެސޯސިއޭޝަން ގެ ނަމުގައި މޮޓޯސްޕޯޓްސް ކުޅިވަރާއި ބެހޭ ޖަމްޢިއްޔާއެއް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރކޮށްފިއެވެ. 

Advertisement

މިއެސޯސިއޭޝަނަކީ ޤާނޫނު ނަމްބަރ 30/2015 "ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު" ގެ 5 ވަނަ މާއްދާ އާއި ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ޤަވާއިދާއި އެއްގޮތަށް ރެޖިސްޓަރ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.

މިޖަމްޢިއްޔާގެ އިސް އެއް މުޢައްސިސެއް ކަމަށްވާ އަހްމަދު މަމްދޫޙް (މަންޑޭ) ބުނީ މި ޖަމްޢިއްޔާގެ އެންމެ ބޮޑު އެއް މަޤްސަދަކީ މޮޓޯސްޕޯޓްސް ކުޅިވަރު ދިވެހިރާއްޖޭގައި ހިންގާ އާލާކޮށް އިތުރަށް ކުރިއެރުވުމުގެ އިތުރުން، މަގުމަތީގައި ބާރު ސްޕީޑުގައި ސައިކަލާއި ކާރު ދުއްވާ ކުދިންނަށް ކޮންޓްރޯލް އޭރިއާއެއްގައި ކުޅިވަރެއްގެ ގޮތުގައި މިކަން ކުރަން މަގުފަހި ކޮށްދީ މަގުމަތީގެ ކުއްތަށް މަދުކުރުމެވެ.

މީގެ ކުރިންވެސް ފުވައްމުލަކުގައި މޮޓޯސްޕޯޓްސް ޖަމްޢިއްޔާއެއްގެ ގޮތުގައި ވަނީ އުފެދިފައެވެ. ނަމަވެސް އޭރުގެ ޤާނޫނު ބުނާގޮތުން މަދަނީ ޖަމްޢިއްޔާއެއްގެ ގޮތުގައި އޮތުމުން މި ކުޅިވަރު ކުޅުމުގައި ދަތިތަކެއް ހުރުމުން މިހާރު ޤާނޫނަށް ގެނައި ބަދަލާއި އެކު މޮޓޯސްޕޯޓްސް ކުޅިވަރު ކުރިއަރުވާ އާލާކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް މަންޑޭ ފާހަނގަ ކުރިއެވެ.

އިތުރަށް މަމްދޫޙު ބުނީ މިހާރު ކުރަމުންދާ ކަމަކީ މެމްބަރުން ހަމަކޮށް އެތެރޭގެ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ކުރުމެވެ. އެއާއި އެކު އިތުރު ހަރުފަތަކަށް މޮޓޯސްޕޯޓްސްގެ ހަރަކާތްތަށް ފުވައްމުލަކުގައި އާއި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ވެސް ފެށިގެންދާނެ ކަމަށެވެ.

އޮގަސްޓް މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ނިންމުމަކުން ވަނީ ފުވައްމުލަކުގައި މޮޓޯސްޕޯޓްސް ކުޅިވަރު ކުޅޭނެ ބިމެއް ލޭންޑް ޔޫޒް ޕްލޭނުގައި ހިމަނަން ނިންމާފައެވެ. އަދި މިހާރު ކުރިއަށްދަނީ ސިޓީ ކައުންސިލްގެ ކޮމިޓީ މަރުޙަލާގައި އެކަމަށް ބިމެއް ކަނޑައެޅުމުގެ މަޝްވަރާއެވެ. 

https://rashikabaro.com/news/393

ފުވައްމުލަކު މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ މެމްބަރަކަށް ވުމުގެ ފުރުސަތު ވަނީ 18 އަހަރުވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައެވެ. މެމްބަރަކަށްވާން ބޭނުން ވާނަމަ http://tinyurl.com/fma-member އަށް ފިތާލީމަ އޮންލައިން ފޯމް ފިލްކުރެވޭނެއެވެ.

ފުވައްމުލަކަކީ އާބާދީ ބޮޑު، ބިން ބޮޑު ރަށަކަށް ވުމުން ސްޕޯޓްސް ކާރާއި ސައިކަލް އިތުރުވަމުންދާ ރަށަކަށް ވާތީ، ކުރިއަށް އޮތްތަނުގައި މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ރަށަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. ހަމައެއާއިއެކު މިކުޅިވަރު ކުޅެން އެކި ރައްރަށުން ފުވައްމުލަކަށް ޒިޔާރަތްކުރާ ފަރާތްތަށް ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މިކަމަކީ ފަތުރުވެރިންގެ މަޤްބޫލުކަން ވެސް ލިބިގެންދާނެ ކަމެއް ކަމުގައި އެސޯސިއޭޝަނުން ދެކެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު