Advertisement
Advertisement

އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ނުފޯރުވަން – އަލީ ޒާހިރު

ފުވައްމުލަކު މާހުގޭ އަލީ ޒާހިރު (އަލިޕީ) ފުވައްމުލަކު މާހުގޭ އަލީ ޒާހިރު (އަލިޕީ)

ފަޑިޔާރުންނަށް ގުޅައި ކޯޓު ތަކުގައި ހިނގާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން އަންގަވައި ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު(އަލިޕީ) ދޮގުކުރައްވައިފި އެވެ.

Advertisement

ފުވައްމުލަކު މިސްކިތްމަގު އަވަށަށް ނިސްބަތްވެވަޑައިގަންނަވާ އަލީ ޒާހިރު(އަލިޕީ) ވިދާޅުވީ އެބޭފުޅާ އާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދެއްކެވުމާއި، އަސްލެއް ނެތް ޒާތްޒާތުގެ އޯޑިއޯތައް އާންމުކުރަނީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެބޭފުޅާ ދެއްކި ވާހަކައެއްގެ އަސްލު އޯޑިއޯއެއް އާންމުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެފަދަ ކުށެއް ކުރެވިއްޖެނަމަ ރައީސް ސޯލިހުގެ އިތުބާރު ގެއްލި މަގާމުގައި ނުހުންނެވޭނެ ކަމުގައި ވެސް ވިދާޅުވި އެވެ. އެހެންކަމުން އެބޭފުޅާ އާއި ދެކޮޅަށް ހެއްކެތް އޮތްނަމަ އެކަން މީޑިއާތަކުން ސާބިތުކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ކުރީގެ ފަނޑިޔާރުން ﷲ ގަންދީ ހުވާކުރައްވައި، އަލީ ޒާހިރަށް ތުހުމަތު ކުރައްވާތީ އެ ތުހުމަތު ހަމަ އެގޮތަށް އޭނާ ދޮގު ކުރައްވާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ހަތް ފަހަރު ވެސް ހުވާ ކުރައްވަން ތައްޔާރު ކަމަށެވެ.

"ޝަރީއަތަށް ނުފޫޒް ފޯރުވާފައިވާ ކަމަށް ހެކި ދައްކައިފިނަމަ އެއްފަހަރެއް ނޫން، ހަތް ފަހަރު ވެސް ހުވާކުރައްވަން މި ހުރީ ތައްޔާރަށް" ކުރެވޭ ތުހުމަތުތަކުން ބަރީއަވުމަށް ހުވާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަން ޔަގީންކޮށްދެއްވަމުން އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރި ދެ ފަނޑިޔާރުންނަކީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބެވެ. އެބޭފުޅުން ދެއްކި ވާހަތައް އަމާޒު ކުރި ގިނަ ފަރާތްތަކުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޝީ ހައިލަމް ވެސް ވަނީ އެ ފަނޑިޔާރުން ދެއްކި ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި މި ފަނޑިޔާރުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ފަރާތްތަކުގެ މައްޗަށް ނުހައްގުން ހުކުމްކޮށް އަދި ރައީސް ޔާމީންގެ ކެމްޕޭނުގައި އުޅެފައިވުމުން އެ ބޭފުޅުންގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަން ގެއްލި ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސާބިތުވެފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ބޭފުޅުންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު