Advertisement

ފުވައްމުލަކު ބަނދަރުގައި ފެން ކޭސްތަކެއް ހުންނަތާ 2 ދުވަސް

ބަނދަރުގައި ހުރި ފެންކޭސްތަށް ބަނދަރުގައި ހުރި ފެންކޭސްތަށް

ފުވައްމުލަކު ބަނދަރުގައި ފެން ކޭސްތަކެއް ހުންނަތާ 2 ދުވަސްވެއްޖެއެވެ.

Advertisement

މިގޮތަށް އަވީގައި ގިނަ އިރުތަކެއް ވެފައި ހުންނަ ފެނަކީ ބޯން އެހާ ރައްކާތެރި އެއްޗަކަށް ނުވެދާނެ ކަމަށް ބައެއް މާހިރުން ބުނެއެވެ.  

ފުވައްމުލަކަށް ބަނދަރުގެ ދަތިކަން މިހާރު ވަރަށް ބޮޑެވެ. ބައެއް ފަހަރު މިގޮތަށް ބާލާފައި ހުންނަ މުދާ ތޮށިގަނޑު މަތީގައި ހުރުމުން އެހެން ދޯނިފަހަރަށް މުދާ އަރުވާ ބާލަން ވަރަށް އުނދަގޫވާތީ ދޭތެރެ ދޭތެރެއިން ރައްޔިތުންގެ ޝަކުވާ އާދެއެވެ.

ފުވައްމުލަކު ބަނދަރު ބަލަހައްޓަން ސިޓީ ކައުންސިލުން މުއައްޒަފުން އަބަދުވެސް ތިބެއެވެ. ނަމަވެސް މި ފެން ކޭސްތަށް މިގޮތަށް ހުންނަންވީ ސަަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މިގޮތަށް ފެން އަވީގައި ހުރުމަކީ އެ ފެން ބޭނުންކުރާ ފަރާތްތަކަށް އެހާ ރައްކާތެރި ގޮތެއް ކަމަކަށް ނުވާނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު