Advertisement
Advertisement

މިސަރުކާރުގެ ހަމައެކަނި މަޤްސަދަކަށް ވެފައި އޮތީ ފައިކުރި ފުޅާ ކޯލިޝަން ހިފެހެއްޓުން - ކުރީގެ މޭޔަރ ފަލާޙް

ކުރީގެ މޭޔަރ، ފަލާހް ޝަރީފް ކުރީގެ މޭޔަރ، ފަލާހް ޝަރީފް

މިސަރުކާރުގެ ހަމައެކަނި މަޤްސަދަކަށް ވެފައި އޮތީ ފައިކުރި ފުޅާ ކޯލިޝަން ހިފެހެއްޓުން ކަމުގައި ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރ އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވެއްޖެއެވެ.

Advertisement

ފަލާޙް މިހެން ވިދާޅުވީ އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" ނޫހުގައި ލިޔެފައިވާ ޚަބަރެއް ޝެއާރ ކުރައްވަމުން ނެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ. މި ނޫހުގެ ޚަބަރުގައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ހުސެއިން މުޙައްމަދު މަޖިލީހުގައި ދެއްކެވި ވާހަކަ އެކެވެ. މި ލިއުމުގައިވާގޮތުން "ސިއްހީ ނިޒާމަށް އަދިވެސް ބަދަލެއް ނާދޭ" މި ސުރުޙީގެ ދަށުން ލިޔެފައިވަނީ ރާއްޖޭގެ ސިއްޙީ ނިޒާމު މިހާރުވެސް މިވަނީ މިސަރުކާރު ވެރިކަމަށް އައި އިރުވެސް އޮތް ހިސާބުގައި ކަމަށާއި އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވިދާޅުވެ ހުސެއިން މުޙައްމަދު ސަރުކާރަށް ފާޑުވިދާޅުވި ވާހަކައެވެ. 

ކުރީގެ މޭޔަރ ސަރުކާރަށް ބަހުގެ ހަމަލާއެއް މީގެ ކުރިން މިފަދަ މޭރުމަކުން ދިން ކަމެއް ފާހަނގައެއް ނުކުރެވެއެވެ. ނަމަވެސް މިސަރުކާރުން ފަލާޙްއަށް މަޤާމެއް ދޭން އުޅޭކަމުގެ ޚަބަރުތަށް ވަނީ ފެތުރިފައެވެ. އެހެންކަމުން ފަލާޙް މިފަދަ ސްޓޭޓަސްއެއް ޖެހުމުގެ ބޭނުމެއް ސާފެއް ނުވެއެވެ. 

ދާދިފަހުން ފަލާޙް ވަނީ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ގެންނަން އުޅޭ ބަރުލަމާނީ ނިޒާމް ޕެޓިޝަނުގައިވެސް ސޮއި ކުރައްވާފައެވެ. މިދުވަސްވަރަކީ ސަރުކާރާއި މަޖިލިސް ވަރަށްބޮޑަށް ދެބައިވެފައިވާ ދުވަސްވަރެއްކަން ފާހަނގަ ކުރެވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު