Advertisement

އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ފުވައްމުލަކަށް ނިސްބަތްވާ ފުލުހަކަށް

ފުލުސް މީހާ ހައްޔަރު ކުރަން ގޮވާލާ އައްޑޫގައި ކުރިއަށްދާ މުޒާހަރާ / ފޮޓޯ: ގާނިމް ފުލުސް މީހާ ހައްޔަރު ކުރަން ގޮވާލާ އައްޑޫގައި ކުރިއަށްދާ މުޒާހަރާ / ފޮޓޯ: ގާނިމް

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރަނީ ފުވައްމުލަކަށް ނިސްބަތްވާ، އައްޑޫ ޕޮލިސް ސްޓޭޝަނުގެ ފޮރެންސިކް ޑިޕާރޓްންޓުގައި މަސައްކަތް ކުރާ ފުލުހަކަށް ކަމަށް ބައެއް މަސްދަރުތަކުން ހާމަކޮށްފިއެވެ. 

Advertisement

އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އާއި ހަވާލާދީ ވާހަކަ ދެއްކި ބައެއް ފަރާތްތަކުންނާއި ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ބްލެކްމެއިލްކޮށްގެންނެވެ. އަދި މި މައްސަލަ ތިލަވިއިރު އެކުއްޖާ އަށް އަނިޔާ ލިބެމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން މި މައްސަލަ ޖެންޑަރ އާއި ފުލުހަށް ހުށަހެޅި ނަމަވެސް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށް ފިޔަވަޅު އަޅާފައި ނުވާތީ އާއި ފުލުސް މީހާގެ ފަރާތުން އާއިލާ އަށް އިންޒާރު ދެމުން އަންނަ ކަމަށް ބުނެ އައްޑޫގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ އައްޑޫ ސްކެއަރ އާއި ތުހުމަތު ކުރެވޭ ފުލުސް މީހާގެ ގެ ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު