Advertisement
Advertisement

ފުވައްމުލަކުގައި އޯވަޑޯޒްވެގެން ޒުވާނަކު މަރުވެއްޖެ

މިގްދާދު: ފޮޓޯ ޕްރޮފައިލް މިގްދާދު: ފޮޓޯ ޕްރޮފައިލް

ފުވައްމުލަކުގައި އޯވަޑޯޒްވެގެން ޒުވާނަކު މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

Advertisement

މަޢުލޫމާތު ލިބިފައިވާގޮތުގައި މިޒުވާނާ އަކީ މިސްކިތްމަގު އަވަށު ޒުވާނެކެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ވަނީ މަރުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލް ހޯދާލުމަށް ހޮސްޕިޓަލުގެ މެނޭޖަރ ލިރާރް އަށް ގުޅާލުމުން ވިދާޅުވީ މި ކުއްޖާއަކީ ދޭތެރެ ދޭތެރެއިން ނޭވާލުމަށް އުނދަގޫވާތީވެ ހޮސްޕިޓަލަށް ގެންނަ ކުއްޖެއް ކަމަށެވެ. ނަމަވެސް މަރުވެފައިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަން ޔަޤީން ނުވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން ބުނާގޮތުގައި މި ކުއްޖާއަކީ މަސްތުވާ ތަކެތި ބޭނުންވެސް ކުރާ ކުއްޖެއް ކަމަށެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ މިރޭ ގާތްގަނޑަކަށް 09:30 އެހާކަންހާ އިރުއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ާއަލީސް
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُو