Advertisement
Advertisement

މިކަލް ރަށަހަ އެއްނަ ހުއްދަ ހުވައްނަ ނިޖެހޭ

ސެޕްޓެމްބަރޮ މަހި 1 ވަނަ ދުވަހި އަމަލް ކެރަންނަ ފެށީ ގަވާއިދެ ދަށެން މިކަލް ފުވައްމުލަކަހަސް އެންމެ ގިނަ މީހުން ދެކެޑެހަދާ ޕީސީއާރޮ ޓެސްޓު ނިހަދާ ގިއެއްނެން ކަމަހަ އެޗްޕީއޭ އެން މިވެނީ ނިންމާފޭ. އެހެންވީއްމާ ރަށަހަ ނިގީ ތިބި އެންމެން ރަށަހަ އެންނަ ފަށަމާތޭ؟

Advertisement

ޕީސީއާރޮ ނިހަދޮވާ ދަތެރެވޭ ރައްރަށަހަ މިބަލަނީ އެރަށެކި 12 އަހަރެން މައްތެ މީހުންގެ ނިސްބަތެން 90 ޕަސެންޓު މީހުން ގާށަ ދެ ޑޯޒް ޖަހާފޭ ތިބުން. މީގެ ދުވަސްކެޑައް ކުރިއެން ކައުންސިލެން އިސްނަގާގެން ވެނީ ދެވަނަ ޑޯޒް ޖަހާގެން 3 ވަނާކަހަ އިނާމު އަސް ހުށަހަޅާފޭ. އަދި ވަނަ ވަނާށަ ގުރުވަތެން ހުވޭ މީހުންނަ އިނާމަސް ދެރެފޭ. އެހެން ވީއްމާ ފުވައްމުލަކި ނިސްބަތެން މިވެނީ ޕީސީއާރޮ ނިހަދާ ގިއެއްނެން ރައްރަށިގެ ލިސްޓެ ހިމެނީފޭ. އަދި މާލެ ފިޔަވާ އެންމެ ފެރެތަމާށަ ޕީސީއާރޮ ޓެސްޓު ނިހަދާ ގިއެއްނެން ސިޓީ އަކަހަ ފުވައްމުލައް ސިޓީ ހިމެނީފޭ.

ފުވައްމުލަކި ގިނަ ރައްޔިތުންގެ އެތެރެން ގިނަ ޒުވާނުން ވަޒީފާ އަދާކެރަމުން އެނީ ގިނައެން ރަށެން ބޭރެ. އެހެންވީއްމާ އަންހެނުންނާ ދާރުން ދަކޮނަހަ އަބަދަސް ތިބެނީ ކެއް މަދޮވެފޭ. މިދަނޑިވަޅަކީ ސްކޫލް ކިޔެވުން އޮންނާ ދުވަސްކެޑަކަހަވީ ފަހެނާއިއަސް ރަށަހަ މިދުވަސްކެޑެއި އާފަހެނާ އަންހެނުން ވަރަހަ އުފާވެއްނެން ކަމަހަ ފެނޭ. ސަބަބަކީ އެކޫދުން ވަރަހަ ބިޒީކޮހޮ އާވިގަނޑި އަހަރި ގިނަ ދުވަސްތެކެއި ހެރަފުހި ބޮމުން ދުއްވާފޭ އެނީ ސްކޫލަހަ ކޫދުން ބެނޮވާގެން. އެހެންވީއްމާ އެކޫދުންނަ ކޯދިނޭ ވަރަހަ ހެއު ކަމައް ކަމަހަ ފެނޭ. މިކަމިގެ ސަބަބެން ލޯބި އިތިރިވެގެން އެންނެން ކަމަހަސް ލަފާވޭ.

Advertisement
ކިޔުންތެރިންގެ ހިޔާލު