Advertisement
Advertisement

މޯލްޑިވްސް ހައުސްކީޕާސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރަކަށް ފުވައްމުލަކު ބޭފުޅެއް

މާޒިފު އަހުމަދު - މަސައްކަތުގެ މާޙައުލުގައި މާޒިފު އަހުމަދު - މަސައްކަތުގެ މާޙައުލުގައި

މޯލްޑިވްސް ހައުސްކީޕާސް އެސޯސިއޭޝަން (އެމް އެޗް އޭ) ގެ ފުރަތަމަ ހިންގާ ކޮމިޓީގެ މެންބަރަކަށް ފުވައްމުލަކު ބޭފުޅަކު ހޮވިއްޖެއެވެ.

Advertisement

އެޖަމިއްޔާގެ އެސިސްޓެންޓް ޖެނެރަލް ސެކެޓްރީގެ މަގާމަށް ހޮވިފައިވަނީ ފުވައްމުލަކު މާޒިފު އަހުމަދު (މާއްޓޭ) އެވެ. މިޖަމިއްޔާއަކީ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި  ތިއްބެވި ބައެއް ހައުސްކީޕަރުންނާއި ކުރިން ހައުސްކީޕަރކަން ކޮށްފައިވާ ބައެއްް ފަރާތްތައް އެކުވެގެން ދާދި ފަހުން ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. 

އެމް އެޗް އޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ, ޚާއްސަކޮށް ހައުސްކީޕިން ދާއިރާއިން ތަޢުލީމީ ޤާބިލުބަޔަކު އުފެއްދުމާއި, އެދާއިރާގައި މަސައްކަތްކުރާ ހުނަރުވެރި އަދި ފަންނީ ފަރާތްތަކުގެ އަގުވަޒަންކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސެމިނާތަކާއި ޓްރެއިނިންގ ފުރުސަތުތައް ޖަމިއްޔާގެ މެންބަރުންނަށް ހޯދަައިދޭން މަސައްކަތްކުރުމާއި ޓުއަރިޒަމް އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން އިންޑަސްޓްރީ ކުރިއެރުވުުމުގައި އެންމެ އިސްސަފުގައި މަސައްކަތްކުރުންވެސް ހިމެނެއެވެ. މިޖަމިއްޔާގެ މެންބަރުންގެ ގޮތުގައި މިވަގުތު 100 އަށްވުރެ މެންބަރުން ތިއްބެވިކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ ކުރިން ހައުސްކީޕަރ އެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދި މިހާރު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރ އެއްގެ މަގާމް އަދާކުރައްވާ އަހުމަދު ޝިއާރު އިސްވެ ހުންނަވާ ބައެއް ހައުސްކީޕަރުންނާއި އެކު "ހައްސްކީޕާސް ފޯރަމް" ގެނަމުގައި 2008 އިން ފެށިގެން ހިންގަވަން ފެއްޓެވި ޙަރަކާތެކެވެ. މިފޯރަމް ޖަމިއްޔާ އެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނީ މިއަހަރު މާރޗް މަހުގެ ތެރޭގައެވެ. އަދި ހިންގާ ކޮމިޓީ އިފްތިތާޙް ކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ.


ހައުސްކީޕާސް ފޯރަމްގެ ނަމުގައި ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެފޯރަމް އިން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަވެއެވެ. އެއިގެ ތެރޭގައި ފާއިތުވީ އަހަރުތަކުގައި އިންޑިޔާއާއި ސްރީލަންކާގައި ބޭއްވުނު "ހައުސްކީޕާސް ސަމިޓް" ގައި 4 ފަހަރެއްގެ މަތިން ގިނަ އަދަދެއްގެ ހައުސްކީޕަރުން ބައިވެރި ވުމާއި, 2019 ވަނަ އަހަރު ކުޑަކުދިންގެ ހިޔާ ސާފުކޮށް ކުލަލުމާއި ގިނަ އަދަދެއްގެ ބޭނުންތެރި ސާމާނު އެތަނަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ޕެންޑަމިކްގެ ތެެރޭގައި ހައުސްކީޕިން ވީކް ފާހަގަކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި, ވަކިން ޚާއްސަކޮށް ނ. ހޮޅުދޫގައި ހިންގުނު އެކި އެކި ޙަރަކާތްތައް ފާހަގަކޮށްލެވެއެވެ. މިނޫނަސް ބައެއް މުހިންމު ކަންތައްތަކެއް ވަނީ ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.


ފުވައްމުލަކަކީ ތަފާތު އެކި ރޮނގު ރޮނގުން ހުނަރުވެރި މަސައްކަތްތެރިން ތިބޭ ރަށެެކެވެ. މިގޮތުން ޓުއަރިޒަމް އިންޑަސްޓްރީގައި ފުވައްމުލަކަަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މީހުން ދަނީ ތަފާތު އެކި އެކި ފަންތީގައި މަސައްކަތްކުރަމުންނެވެ.  



ކިޔުންތެރިންގެ ހިޔާލު