Advertisement
Advertisement

ނޭޗާރ ޕާރކް ދަނޑޮވެރިކަން ކެރަންނަ ދޫކޯލީ؟

ފުވައްމުލަކި ނޭޗާރ ޕާރކް ސަރަހައްދެ ކޭލްގެހެ ޖަހާފޭ. ފުވައްމުލަކި ނޭޗާރ ޕާރކް ސަރަހައްދެ ކޭލްގެހެ ޖަހާފޭ.

ނޭޗާރ ޕާރކް ދަނޑޮވެރިކަން ކެރަންނަ ދޫކޯލީތޯ ސުވާލް އުފެދީގޭ ކަމަހަ ބައެއް ރައްޔިތުން ސުވާލް ކެރަންނަ ފަށާފި. 

Advertisement

އެހެން ފަހެނާސް މިކަމަކީ ސިޓީ ކައުންސިލެން ހުއްދަ ދެރެގެން ބައެކެން ކެރީ ކަމެއް ނުން. މި ސަރަހައްދަކީ ހޯދަޑޮއާ ދަޑިމަގި ބުރިކެރީ މަގޮއާ ދިމާށަ ހޯދަޑޮއާވޭ ފަރާތެން އޮންނާ ސަރަހައްދު.

ފޮޓޯތެކަހަ ބަލާލާކަލް ފެނީގެން އެނީ ވަރަހަ ހިތާމަ ކެރަންނަ ޖެހޭ މަންޒަރެއް. އަދި މިހައިތަނަހަ ބެލީ ބެލުމެން މީ ކޮންބައެކެން ކޯފޭ ހިށި ކަމެއް ކަމެއް ސާފެއް ނިވޭ. އެހެން ފަހެނާސް މިކަން ކެރީ ބައެކެން އަމިއްލަ ފައިދާށަ ކޯފޭ ހިށި ކަމައްކާ ވަރަހަ ވައްތަރީ.

ފުވައްމުލަކި ބޮނޑޮ ސަރަހައްދެއް ވެނީ ޔުނެސްކޯ ބައިއޮސްފެއާ ރެޒާވްއަސް ކޯފޭ، އަދި މިކަން ނިއެގޭ ބައެކެން ފުވައްމުލަކި ތިބެއްނެން ކަމަހަ ގަބޫލަސް ނިވޭ. 

ސުވާލަކީ ދެން ކުމާތޯ މިކަހަލަ ކަންތެތި ބައެކެން ކެރަންނަވީ. 

މިކަންމާގުޅީގެން ސިޓީ ކައުންސިލެ މޭޔަރ އިސްމާއިލް ރަފީޤްށަ ގުޅުންމާ ބެނީ މި ކަބަރޮ ސިޓީ ކައުންސިލެ ސަމާލުކަމަހަ އާއްމާ ފުލުހުން މެދެވެރިކޯގެން މި މައްސަލަ ތަހުޤީޤު ކެރަމުނައެ އެނީ. ކުރިހާއޮއްތަނިއަސް ސިޓީ ކައުންސިލެން މިކަހަލަ ކަންތެތި ބަލަންނެން ކަމަހަސް ބެނި. މި ސަރަހައްދު ވެނީ ކޮށާ ތިރިކޯފޭ ކޭލް ގެހެ ޖަހާފޭ. އަދި މިވަގުތެ ތީބީ ހުސް ކޭލް ގެހެ ޖަހާފޭ. މޭޔަރ ބެނީ މިކަލް ފުލުހުން މެދެވެރިކޯގެން އެސަރަހައްދު ވެނީ ސާފުކޯފޭ ކަމަހަ.

https://m.facebook.com/story.php?story_fbid=10159777180269085&id=521879084

މި ސަރަހައްދަކީ ރަށަހަ އޭ ގިނަ ބައެކެން ގޮހޮ ފޮޓޯ ނަގާ ސަރަހައްދެއް. މިސަރަހައްދޮ ފެހިކޮހޮ އޮތުންމާ ގުދުރަތީ ރިވެތިކަން އިތިރަހަ ފުރިހަމަ ވެގެން އެންނެން. އެހެންވީއްމާ މިކަހަލަ ކަންތެތި ނިކެރުމަކީ އެކަމިގެ ސަބަބެން ރަށިގެ ޓުއަރިޒަމްހާސް ބޮނޑެތި ފައިދާތެކައް ވެއްނެން ކަމެއް ކަމަހަ ގިނަ ބައެކެން ދަކިއްތަ.

Advertisement
ކިޔުންތެރިންގެ ހިޔާލު