ސޯޝަލް އިންޖިނިއަރިނގް އަކީ ކޮބާކަން އެނގޭތަ؟
ވަރަށް ގިނަ މީހުނަށް ސޯޝަލް އިންޖިނިއަރިންގް އަކީ އަހާލީމަ ނޭނގިދާނެއެވެ. ނަމަވެސް ފޭސްބުކް ނުވަތަ އީމެއިލް ހެކް ކުރުމޭ ބުނެފިއްޔާ ކޮންމެވެސް ވަރަކަށް މި ބުނަނީ ކީކޭކަން އެނގިދާނެއެވެ.
އެންމެ ފުރަތަމަ ހެކް ކުރަނީ ކިހިނެތްތޯ ބަލާލަމާހިނގާށެވެ. ސޯޝަލް އިންޖިނިއަރިންގް އަކީ މީސް މީހުންގެ ޒާތީ މަޢުލޫމާތު އަތުލައިގަތުމަށް ބޭނުން ކުރާ އެއް އުކުޅަކަށް ކިޔާ ނަމެކެވެ. މި އުކުޅު ބޭނުންކޮށްގެން މަޢުލޫމާތު ހޯދަނީ ވައިރަސްއެއް ސިސްޓަމަށް ފޮނުވައިގެން، ވެބްސައިޓެއް މެދުވެރިކޮށް ގެން ސިސްޓަމް ގައި ސާވިސް އެއް ނުވަތަ ބޮޓެއް ރަންކޮށްގެންނެވެ.
ކީއްކުރަން ހެކް ކުރަނީ؟
އެންމެ ގިނައިން ހެކް ކުރާ މީހުން ޑިމާންޑް ކުރަނީ ފާއިސާ ހޯދާށެވެ. ދެން އެންމެ ގިނަ މީހުން މިފަދަ ކަންތަށް ކުރަނީ ޕޮލިޓިކަލް ބޭނުމަކަށެވެ. އަދި ފްރޭމް ކުރުމަށްވެސް ބައެއް މީހުން މިފަދަ ކަންތަށް ކުރާއިރު އަނެއްބައި މީހުން މަޖަލަކަށްވެސް މިކަހަލަ ކަންތަށް ކޮށް އުޅެއެވެ. އެގޮތުން ގިނަ ބަޔަކު ގާތްގަނޑަކަށް އަހަރަކު 350،000 ޑޮލަރު ހޯދާކަމަށް ދިރާސާތަކުން ދައްކައެވެ.
ދެން ބަލާލާނީ މިކަންކަމަށް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާކަން.
1- އެގޮތުން އެންމެ ފުރަތަމަ ކަމަށް ހުރިހާ އެކައުންޓްތަކުގައި އެއް ޕާސްވޯޑެއް ބޭނުން ނުކުރުން.
2- ކޮންމެ އީމެއިލެއް ނުވަތަ ޑިވައިސެއް މަލްޓިފެކްޓަރ އޮންކޮށްފައި ބެހެއްޓުން.
3- އީމެއިލުގައި ރިކަވަރީ އީމެއިލަކަށް އެހެން އީމެއިލެއް ޖަހާފައި އޮންނަންވާނެއެވެ. މީގެ ސަބަބުން ޕާސްވޯޑް ރިކަވާކުރަން ފަސޭހަވެގެންދާނެއެވެ.
4- ތިމާއަށް ލިބޭ އީމެއިލް ތަކުގައި ގޮތް ނޭގޭ މީހުންގެ ފަރާތުން އަންނަ އީމެއިލްތަކުގައި ހުންނަ ލިންކު ތަށް ނުހުޅުވުން. އާއްމުކޮށް ވައިރަސްގެ ބާވަތެއް ކަމުގައިވާ މަލްވެއާރ އެންމެ ގިނައިން ފަތުރަނީ މިގޮތަށެވެ.
5- ކޮމްޕިއުޓަރގައި އާއްމުކޮށް ބޭނުންކުރަން އެޑްމިން އެކްސެސް އިންނަ އެކައުންޓެއް ބޭނުން ނުކުރުން. މީގެ ސަބަބުން ވައިރަސް އެކުލެވިގެންވާ ފައިލްތަށް އިންސްޓޯލް ނުކޮށް ސަލާމަތް ކޮށްދޭނެއެވެ.
ވީމާ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ސޯޝަލް އިންޖިނޭރިންގ އަކީ ކޮބާކަން ދަންނަަން ޖެހެއެވެ. ސަބަބަކީ މިކަމަކީ ވަކި ވަގުތަކު ވަކި މީހަކަށް ޓާގެޓް ކުރެވޭ ކަމަކަށް ނުވާކަމެވެ. ބައެއްފަހަރު އެކަން ކުރާމީހާގެ ކޮއްކޮ ނުވަތަ ބޭބެއަށް ވެސް އޮޅިގެން ގުޅޭތަން ވެސް އާދެއެވެ. އަޅުގަނޑުމެން އަބަދުވެސް ހިތުތެރޭގައި ބާއްވަންވީ އެއް ކަމަކީ ހަމަ މީހަކު ގުޅާފައި ތިމަންނާގެ ޒާތީ ކަންކަމާއި ބެހޭގޮތުން ސުވާލު ކުރަން ފަށާފިއްޔާ އިތުރަށް ވާހަކަ ނުދައްކާ ފޯނު ކަނޑާލުމެވެ. އަދި މިކަން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްްތަކަށް ހިއްސާ ކުރުމެވެ. މިކަމުގެ ސަބަބުން ފަހަރުގައި އެހެން މީހަކަށް މިކަހަލަ ކަމެއް ދިމާނުވެ ސަލާމަތް ވެވިދާނެއެވެ.