Advertisement

ފުވައްމުލައް ހޮސްޕިޓަލް އިމާރާތުގެ ޑިޒައިނާއި ބީއޯކިއު ހޯދަން ޓެންޑަރަށް ލައިފި

ފުވައްމުލައް ހޮސްޕިޓަލް ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ހޮސްޕިޓަލުގެ އާ އިމާރާތުގެ ޑިޒައިނާއި ބީއޯކިއު ހޯދަން ޓެންޑަރަށް ލައިފިއެވެ. 

Advertisement

މި ސަރުކާރުން ފުވައްމުލަކަށް ކޮށްދޭނެ ކަމަށް ވެފައިވާ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދަކީ ފުވައްމުލައް ހޮސްޕިޓަލް ސަބްސްޕްޝަލިޓީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރުމެވެ. މިހާރުގެ ހޮސްޕިޓަލާއި އިންވެގެން އަލަށް އިމާރާތް ކުރެވޭ ބަޔާއި އެކު ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމާއި، މުޅިން އާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ތަންތަން އިމާރާތް ކުރުމާއި ހޮސްޕިޓަލުގެ ޖާގަ ބޮޑު ވެގެންދާނެ އެވެ. 

ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ވަނީ މި ހޮސްޕިޓަލް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރަންޖެހެ އެވެ. 

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖަނަވަރީ ބުދަ ދުވަހުގެ ހެނދުނު 12:00 ގައި އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު