Advertisement
Advertisement

ފުވައްމުލައް ސިޓީ ކައުންސިލަށް 3 ޓޫރިސްޓް އޮފިސަރުން ނަގަނީ

ފުވައްމުލައް ސިޓީ ކައުްނސިލްގެ މެންބަރުންނާއި އެސްޖީ ފުވައްމުލައް ސިޓީ ކައުްނސިލްގެ މެންބަރުންނާއި އެސްޖީ

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ޓޫރިޒަމް ޔުނިޓެއް އުފައްދައި އަދި މި ޔުނިޓަށް 3 ޓޫރިސްޓް އޮފިސަރުން ނަގަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Advertisement

މިގޮތަށް ކައުންސިލުން ނިންމީ މިމަހު 12 ވަނަ ދުވަހު ބެއްވި ކައުންސިލް ބައްދަލުވުމަށް ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު ހުށަހަޅައި ފާސްކޮށްގެންނެވެ. މޭޔަރު އިސްމާއިލް ރަފީގު ހުށަހެޅީ ކައުންސިލުގައި ޓޫރިޒަމް ޔުނިޓެއް އުފައްދައި އަދި މި ޔުނިޓު ހިންގުމަށް އައިލެންޑް ޖެނެރަލް މެނޭޖަރަކާއި ޓޫރިސްޓް އޮފިސަރެއް ނެގުމަށެވެ.

ނަމަވެސް ކައުންސިލް މެންބަރުންގެ ވޯޓުން ނިންމީ ޓޫރިޒަމް ޔުނިޓެއް އުފެއްދުމަށާއި އަދި އެ ޔުނިޓުގެ މަސައްކަތްތަކަށް 3 ޓޫރިސްޓް އޮފިސަރުން ނެގުމަށެވެ. ޓޫރިސްޓް އޮފިސަރުންގެ މުސާރައަށް ކައުންސިލުން ކަނޑައަޅާފައި ވަނީ 12000 އާއި 15000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ދިނުމަށެވެ.

ސިޓީ ކައުންސިލުން ޓޫރިޒަމް ޔުނިޓެއް އުފައްދައި ޓޫރިސްޓް އޮފިސަރުން މިނަގަނީ ސަރުކާރުން ފަތުރުވެރިކަމުގެ ބާވަތެއް ކަމުގައިވާ ހޯމްސްޓޭ ތައާރަފްކޮށް މުޅި ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ހުޅުވާލާފައި ވަނިކޮށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރަމުންދާއިރު ރަށް ރަށަށް އަންނަ ފަތުރުވެރިން އުޅޭ ނޫޅޭ ގޮތް ބައެއް ކައުންސިލްތަކަށް ރަނގަޅަށް މޮނިޓަރ ނުކުރެވޭ ކަމަށް ބުނެ ބައެއް ރަށްރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު