Advertisement
Advertisement

ފުވައްމުލަކު ބަނދަރަށް ސަފާރީތަކަށް ވަދެވޭނީ ދުވާލަކަށް 500 ޑޮލަރަށް!

ފުވައްމުލައް ފުވައްމުލައް

އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ބަނދަރު ތެރެއަށް ވަންނަ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރުގެ ފީއެއް ނަގަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Advertisement

ކައުންސިލުން މިގޮތަށް ނިންމީ ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތުމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި ނިންމުމާއި އެކު މިހާރު ސަފާރީތަކުން ނަގަމުން އަންނަ 50 ޑޮލަރު އެޕްރީލް އެކަކުން ފެށިގެން 500 ޑޮލަރަށް ބޮޑުވެގެންދާނެއެވެ. އަދި އޭގެ ސަބަބުން ކޮންމެހެން ވަންނަން ޖެހިގެން ނޫނީ ސަފާރީތައް ފުވައްމުލަކު ބަނދަރަށް ނުވަންނާނެއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ބަނދަރުގައި ސަފާރީ އަޅާާފައި ބާއްވާ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ. 

މިކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ "ކައުންސިލުން ރީތި ގޮތަކަށް ސަފާރީތައް ރަށުގެ ބަނދަރުން ބޭރުކޮށްލީ" ކަމަށެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
މޯޑު
ތިޔަ ނިންމުން ބަރާބަރު.
ބިޅިފޭށި
ތިޔައީ ރަގަޅު ކަމެއް. ދެ މަސް ތިން މަސް ވަންދެން ބަދަރު ހައިޖެކް ކޮށްގެން އުޅުނު މީހުނާއިހެދި ކުރަން ޖެހުނު ކަމެއް