Advertisement
Advertisement

ފުވައްމުލަކުގައި ޑައިވްކުރާ ފަތުރުވެރިންގެ އަތުން ފީ ނަގަނީ!

ފުވައްމުލައް ސިޓީ ފުވައްމުލައް ސިޓީ

އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގެ އިހްތިސާސް ހިމެނޭ ކަނޑުގެ ސަރަހައްދުތަކުގައި ޑައިވްކުރާ ފަތުރުވެރިންގެ އަތުން ފީއެއް ނަގަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Advertisement

މި ނިންމުމާއި އެކު މިޔަރު ޑައިވިން ކުރަން ރާއްޖޭގެ އެންމެ މަގްބޫލު ފުވައްމުލައްކުގައި ސަފާރީތަކުން އައިސް ޑައިވްކުރާ ފަރާތްތަކުން ކުރާ ކޮންމެ ޑައިވަކަށް ބޮލަކަށް 15 ޑޮލަރު ޗާޖުކުރާނެއެވެ. އަދި ގެސްޓުހައުސްތަކަށް އައިސްތިބޭ ފަތުރުވެރިން ކުރާ ކޮންމެ ޑައިވަކަށް ބޮލަކަށް 7 ޑޮލަރު ނަގަން ވަނީ ނިންމާފައެވެ. މިއާއި އެކު ފުވައްމުލަކުގައި ޑައިވް ކުރުމުގެ އަގުބޮޑު ވެގެން ދިޔަ ނަމަވެސް ޑައިވިން ޓޫރިޒަމުން ރަށަށް އާމްދަނީ ލިބޭނެ މަގުފަހިވެގެންދާނެއެވެ.

ސިޓީ ކައުންސިލްގެ ނިންމުން މިގޮތަށް މިއައީ ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދުގައި ޑައިވް ކުރާ ފަރާތްތަކުން ފުވައްމުލަކަށް މަންފާއެއް ނުލިބޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ. އެގޮތުން މިފަހުން ރަޝިއާގެ އެންމެ ބޮޑު ބިލިއަނަރުގެ ސުޕަރ ޔޮޓް، ނޯރޑް ފުވައްމުލަކުގެ ބޭރުގައި ބާއްވައި އެއިން އައި ފަތުރުވެރިން މިރަށުގެ އިހްތިސާސް ހިމެނޭ ސަރަހައްދުގައި ޑައިވްކުރި އިރު ރަށަށް އެއްވެސް އެއްޗެއް ލިބުނުތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ކައުންސިލުން ނިންމާފައިވަނީ ޑައިވްކުރާ މީހުންގެ އަތުން ފީ ނެގުމާ ގުޅޭ އުސޫލެއް މާރޗް ފުރަތަމަ ދުވަހުގެ ނިޔަލަށް ހަދައި މި އުސޫލަށް އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށެވެ. 


Advertisement
ކިޔުންތެރިންގެ ހިޔާލު